ލ އަތޮޅު ދަނޑުވެރިންނަށް ”އިނބަަ“ ކާދު އިފްތިތާހުކޮށްފި

 

ލާމު ފާމާސް ޑިވަލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީއިން އަލަށް އުފެއްދި ”އިނބަ“ ކާދު މާކެޓަށް އިއްޔެ ނެރެ އިފްތިތާހުކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ލާމު ފާމާސް ޑިވަލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީއިން އަލަށް އުފެއްދި ”އިނބަ“ ކާދު މާކެޓަށް ނެރެ އިފްތިތާހުކޮށްފައިވަނީ މިކަމަށް އިއްޔެ ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ޚައްޞަ ރަސްމިއްޔާތެއްގައެވެ.

 

ލާމު ފާމާސް ޑިވަލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީއިން އަލަށް އުފެއްދި ”އިނބަ“ ކާދު މާކެޓަށް ނެރެ އިފްތިތާހުކޮށްދެއްވީ އެލްއެފްޑީސީއެސްގެ ޗެއާމަން މުހައްމަދު ޒާހިރު އެވެ.

 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން  މުހައްމަދު ޒާހިރު ވިދާޅުވީ ދަންޑުވެރިންނަށް ފުރުސަތުތައް ހޯދައިދީ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިނބަ ކާދުގެ ފުރަތަމަ ސްޓޮކު ހުރިހާ ދަނޑުވެރިނަށް ދީފައި ވަނީ ހިލޭ ކަމަށާއި އަދި ދެ ކިލޯއާއި ފަސް ކިލޯގެ ކާދު ޕެކެޓުތައް އެލްއެފްޑީސީއެސްއިން ތައްޔާރު ކުރާ ކަމަށެވެ.

 

އަދި އެ ތަކެއްޗަކީ ކުނިން އުފައްދާ 100 ޕަސަންޓު އޯގޭނިކް ކޮމްޕޯސްޓު ކަމަށްވެސް   މުހައްމަދު ޒާހިރު ވިދާޅުވިއެވެ.

”އަޅުގަނޑުމެން މި ވަގުތަށް އިނބަ ކާދު މި ސަޕްލައި ކުރަނީ އަތޮޅުތެރޭގެ ހުރިހާ ސަރަހައްދަކަށް. ނަމަވެސް މި މަސައްކަތް ކުރަނީ ކުރިޔަށް އޮތްތާ ބޭނުންވެއްޖެ ހާލަތެއްގައި މާލެއާ ހަމަޔަށް ސަޕްލައި ކުރެވޭގޮތް ހެދުމަށް،“ ޒާހިދު ވިދާޅުވި އެވެ.

ޒާހިދު އިތުރަށް ވިދާޅުވީ ޔޫއެންޑީޕީއާ ގުޅިގެން އިސްދޫއާ ފޮނަދޫ ގައި ދަންޑުވެރިންނަށް ބޭނުންވާ ތަކެތި ވިއްކުމަށް ދެ ފިހާރަ ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި 60 ދުވަސް ތެރޭގައި އެ ފިހާރަ ހުޅުވާ ހިދުމަތް ދޭން ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އެލްއެފްޑީސީއެސްއަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ސަރުކާރުން ވަނީ 2.4 މިލިއަން ރުފިޔާ ހޭދަކޮށްފަ ވާކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.

ދިވެހި އަމިއްލަ އުފެއްދުންތައް އުފެއްދުމަށް ސަރުކާރުން އަންނަނީ އެކި ރަށްތަކުގައި ކޯޕަރޭޓިވްތައް އުފެއްދާ ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.