ހުތުރު ބަހުން އާއްމުންނާ މުއާމަލާތްކުރާ ފުލުހުންނާ މެދު ފިޔަވަޅު އަޅަނީ

އާންމުންނާ ހުތުރު ބަހުން މުއާމަލާތްކޮށްފި ނަމަ ފުލުހުންނާއި މެދު ފިޔަވަޅު އެޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

އާންމުންނާއި ހުތުރު ބަހުން މުއާމަލާތު ކުރާ ފުލުހުންނާއި މެދު ފިޔަވަޅުއެޅޭގޮތަށް ހަމަޖައްސާފައި މިވަނީ ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާ ބެހޭ ގަވާއިދު އިސްލާހުކޮށް އާންމުކުރިއިރުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާ ބެހޭ ގަވާއިދު އިސްލާހުކޮށް އާންމުކުރިއިރު އެ ގަވާއިދުގައި ބުނެފައިވާ ގޮތުން ފުލުހަކަށްވެ ހުރެ އަޚްލާގީ ގޮތުން ދަށް ފެންވަރުގެ އެއްވެސް ކަމެއް ކޮށްފި ނަމަ އެކަމެއް ކުރީ ކޮންމެތާކު ހުރެކަމަށްވީ ނަމަވެސް ގަވާއިދުގައިވާ ގޮތަށް ފިޔަވަޅު އެޅޭނެކަމަށެވެ.

ފުލުހުންގެ މި ގަވައިދުގައިވާ ގޮތުން މިފަދަ މައްސަލަތައް ތަހުގީގު ކުރާނީ ކޮމިޝަނާ އޮފް ޕޮލިސް ކަނޑައަޅުއްވާ ޚާއްސަ މުވައްޒަފުންތަކެކެވެ. އަދި އެ ތަހުގީގުތައް ކުރިއަށްދާނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރޭންކަށްވުރެ ދަށްނޫން ރޭންކެއްގެ ފުލުހެއްގެ ބެލުމުގެ ދަށުންނެވެ.

އިއްޔެ އާންމުކުރި މި ގަވާއިދުގެ ދަށުން ފުލުހުން ކުރާ ކުށްތައް ދެ ގިންތީއަކަށް ބަހާލައިފައިވެއެވެ. އެއީ އިންފޯމަލް ރިޒޮލިއުޝަންގެ ގޮތުގައި ބަލާނެ މައްސަލަތަކާއި ޑިސިޕްލިނަރީ އަދި އިދާރީ މައްސަލަތަކެވެ.

އެގޮތުން ރިޒޮލިއުޝަންގެ ގޮތުގައި ބަލާނެ މައްސަލަތައް:

ފުލުހުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރުން.

މުވައްޒަފަކާ ޙަވާލުކޮށްފައިވާ އެއްވެސް އާލާތަކަށް، އުޅަނދަކަށް، ޔުނީފޯޯމަކަށް ނުވަތަ ހަތިޔާރަކަށް ވީނުވީއެއް ނޭނގިގެން ނުވަތަ ޔުނިފޯމެއް ގެއްލިގެން ނުވަތަ ގެއްލުމެއް ލިބިގެން ނުވަތަ ހަލާކުވެގެން އެކަން އަންގަންޖެހޭ ފަރާތަށް، އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ނާންގައި އޮތުން.

ހުތުރުބަހުން މުޢާމަލާތްކުރުން.

ގާނޫނާއި ގަވާއިދާ އެއްގޮތަށް ވެރިޔަކު ކުރާ އަމުރަކަށް ކިޔަމަންނުވުން.

ސާފުތާހިރުކަން ކުޑަވުން.

އެހެން މުވައްޒަފެއްގެ ނުވަތަ މުއައްސަސާގެ މަސައްކަތަށް ނޭދެވޭ އަސަރުކޮށްފާނެ ފަދަ ޙަޤީގަތާ ޚިލާފު ވާހަކައެއް ދެއްކުން ނުވަތަ އެފަދަ ޢަމަލެއްކުރުން.

ޞިއްޙީގޮތުން ރައްކާތެރިނޫން ޢަމަލެއް ހިންގުން ނުވަތަ ކުރުން.

ފުލުހުންގެ އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ނެތި ފުލުހުންގެ އުޅަނދެއް ދުއްވުން.

ސަލާމް ބުނުމުގެ ގަވާއިދާ ޚިލާފަށް ސަލާމް ބުނުމާއި، ސަލާމްބުނުމަށްފަހު މަސްދަތުރު، ޕިކްނިކް ދަތުރުދިއުން ފަދަ ސަލާމް ބުނި ބޭނުންފިޔަވައި އެހެން ބޭނުމަކު އޮފީހުގެ ހުއްދަނެތި ރަށުން ބޭރަށް ދިޔުމާއި ހާޒިރީއަށް ފަރުވާކުޑަކުރުން.

ވާޒީފާއާ ބެހޭ ގަވާއިދާ ޚިލާފަށް މުވައްޒަފުން ލައްވައި އަމިއްލަ މަސައްކަތް ކުރުވުން.

ޑިސިޕްލިނަރީ މައްސަލަތަކުގެ ގޮތުގައި ބަލާނީ ޤާނޫނުލް އުޤޫބާތުގައާއި އެހެނިހެން ޤާނޫނުތަކުން ޖިނާއީ ކުށެއްކަމުގައި ކޯޓުގައި ކަނޑައަޅާފައިވާ ކުށެއްނަމަ އެކުށުގެ ދައުވާ ޝަރުޢީ ކޯޓަކުން ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ މައްސަލަތަކެވެ. އަދި ފުލުހުންގެ ގާނޫނުގެ ދަށުން ހެދިފައިވާ އެއްވެސް ގަވާއިދެއްގައި ކަނޑައަޅާފައިވާ ހާލަތްތަކުގައި ނަން ނުވަތަ ސަރވިސް ނަންބަރު ވަންހަނާ ކުރުމުންވެސް ފިޔަވަޅު އެޅޭނެ ކަމަށް މި ގަވައިދުގައި ބުނެފައިވެއެވެ.

މި ގަވާއިދަށް އަމަލު ކުރަން ފެށުމާ އެކު މީގެ ކުރިން ފުލުހުން އަމަލު ކުރަމުން އައި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާ ބެހޭ ގަވާއިދު އުވާލެވޭނެ އެވެ.

ފުލުހުންގެ މި ގަވައިދަށް ގެނެވުނު ބަދަލުތަށް މިހާރުވަނީ ގެޒެޓްކޮށް އާންމުކޮށްފައެވެ.

އެހެން ނަމަވެސް މި ގަވައިދުތަކަށް އަމަލު ކުރާނީ ގެޒެޓް ކުރި ތާރީޚުންފެށިގެން  ތިން މަސް ދުވަސް ފަހުންކަމަށް އެފަރާތުން މައުލޫމާތުދެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.