
50 އިންސައްތަ ޑޭޓާ އިތުރަށް ލިބޭ ޕަވަރ ޑޭޓާ ޕްލޭންސް ޕްރޮމޯޝަނެއް ދިރާގުން ފަށައިފި
ރާއްޖޭގެ އެންމެ ދުވަސްވި މުޢާސަލާތީ ކުންފުނި، ދިރާރުގެ ޕަވަރ ޑޭޓާ ޕްލޭންސް އެކްޓިވޭޓް ކުރާ ހުރިހާ މޯބައިލް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %50 ޑޭޓާ އިތުރަށް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.
މޯބައިލް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %50 ޑޭޓާ އިތުރަށް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފެށިއިރު މި ޕްރޮމޯޝަންގެ ދަށުން ޕަވަރ ޑޭޓާ ޕްލޭނެއް އެކްޓިވޭޓް ކުރިއަސް އޮޓޮމެޓިކުން އިތުރު ޗާޖަކާ ނުލައި %50 އިތުރު ޑޭޓާ ލިބިގެން ދާނެކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން މައުލޫމާތު ދޭގޮތުގައި މިއަދުން ފެށިގެން މި ޕްރޮމޯޝަން އަންނަ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ދިރާގުން މިއަދު ފެށި މި ޕްރޮމޯޝަންގައި ދިރާގުގެ ޕަވާ ޕްލޭން 99 ރުފިޔާ، 199 ރުފިޔާ، 249 ރުފިޔާ، 349 ރުފިޔާ، 549 ރުފިޔާ އަދި 949 ރުފިޔާގެ ޕެކޭޖް އިން 50 އިންސައްތަ ޑޭޓާ އިތުރަށް ލިބިގެންދާނެއެވެ.
ދިރާގުން ހާމަކުރި ގޮތުގައި އެކުންފުނިން މިހާރު ދަނީ އަންނަ އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެއަށް 4 ޖީ އެލްޓީއީގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
ދިރާގަކި ރާއްޖޭގެ އެންމެ ގިނަދުވަސްވީ މުޢާސަލާތީ ޚިދުމަތް ދެމުންއަންނަ ފަރާތްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.