ޢަދާލަތު ޕާޓީގެ “ސިޔާސީ ވާހަކަ”
ޢަދާލަތު ޕާޓީން އިންތިޒާމު ކޮށްގެން “ޑިމޮކްރަސީ އިސްލާމީނަޒަރަކުން” ނަމުގައި ލެކްޗަރ އެއް ދިނުމަށް ހަމަޖައްސައިފިއެވެ.
3 ފެބްއުއަރީ ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ލެކްޗަރ އޮންނާނީ ސޯލްޓް ކެފޭ ނަންބަރ 5 ހޯލްގައެވެ.
ސިޔާސީ ވާހަކަ މިނަމުގައި ސިލްސިލާކޮށް ކުރިޔަށް ގެންދަން ރާވާފައިވާ މި ލެކްޗަރ ދިނުމަށް ހަމަޖެހިފައިވަނީ ޢަދާލަތު ޕާޓީގެ ތަޢުލީމާބެހޭ ކޮމިޓީގެ ރައީސް ޑރ. އަހްމަދު ޒާހިރުއެވެ. ޑރ. ޒާހިރު އަކީ ޕޮލިޓިކަލް ސައިންސް އާއި އިސްލާމީ ފިޤްހް ގެ ދާއިރާއިން މަތީތަޢުލީމު ހާސިލް ކޮށްފައިވާ ފަރާތެކެވެ.
ޢަދާލަތު ޕާޓީގެ މެންބަރުންނަށް ނަންނޯޓް ކޮށްގެން ބައިވެރިވޭވޭގޮތަށް ހުޅުވާލި މި ފުރުސަތުގައި މުޅިއެކު ބައިވެރިވެވެނީ 30 ބައިވެރިންނަށް ކަމަށް އެޕާޓީއިން ބުނެއެވެ.
1 ފެބްރުއަރީ 2017 ގެ ކުރިން ނަންނޯޓް ކުރަން ގުޅަންޖެހޭ ނަންބަރަކީ އެޕާޓީގެ ރަސްމީ ނަންބަރު 3342671. އެވެ. މި ލެކްޗަރގައި އިސްލާމީ އުސޫލްތަކާއި ޑިމޮކްރަސީއާއި ބެހޭ ވަރަށް ގިނަގުނަ މަޢުލޫމާތު ތަށް ލިބިގެން ދާނެކަމަށް އެޕާޓީން ބުނެފައެވެ.