ވީހާވެސް އަވަހަށް ސާކް ސަމިޓު ބޭއްވުމަށް ސަރުކާރުން ގޮވާލައިފި

ސާކްގެ މެންބަރު ޤައުމުތަކުން 19 ވަނަ ސާކް ސަމިޓު ބޭއްވޭނެ ފަދަ މާޙައުލެއް ޤާއިމްކޮށްދޭން ޖެހޭ ކަމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.

ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސާކް ސަމިޓު ބޭއްވޭނީ ސާކުގެ ހެޑް ސްޓޭޓްތައް ބައިވެރިވެގެން ކަމަށާއި އެހެންކަމުން މި ސަރަހައްދަށް ދިމާވާ ބޮޑެތި މައްސަލަތަކާ މެދު މަޝްވަރާ ކުރުމަށް ވީހާވެސް އަވަހަށް ސާކް ސަމިޓު ބޭއްވުމަށް ގޮވާލާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދިވެހި ފޮރިން މިނިސްޓްރީން މިގޮތަށް ބަޔާނެއް މި ނެރުނީ އަންނަ ނޮވެމްބަރ މަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ބޭއްވުމަށް ތާވަލު ކޮށްފައިވާ 19 ވަނަ ސާކް ސަމިޓުގައި ބައިވެރި ނުވާން ބައެއް ގައުމުތަކުން ނިންމުމާ ގުޅިގެންނެވެ.

ނޮވެމްބަރ މަހު ނުވައަކުން 10 އަކަށް ބޭއްވުމަށް ތާވަލު ކޮށްފައިވާ ސާކް ސަމިޓު ބޮއިކޮޓް ކޮށްފައިވާ ޤައުމުތަކަކީ އިންޑިއާ، އަފްޣާނިސްތާން، ބަންގުލަދޭޝް  އަދި ބޫޓާންއެވެ.

ބޫޓާންގެ ރަސްގެފާނުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސަރަޙައްދުގައި ޓެރަރިޒަމްގެ ވަބާ ބޮޑުވެފައިވާ މިފަދަ ވަގުތެއްގައި ސާކު ސަމިޓްގެ މަޤުޞަދު ޙާޞިލުވާނެކަމަށް ނުފެންނާތީ ސަމިޓުގައި ބައިވެރި ނުވުމަށް ނިންމާފައިވާ ކަމަށެވެ.

ބަންގްލަދޭޝްއިން ބައިވެރިނުވުމަށް ނިންމީ، ސާކް ސަމިޓް ބާއްވާ ޤައުމުކަމަށްވާ ޕާކިސްތާނުގައި ސަމިޓް ބޭއްވޭނެ ފަދަ މާޙައުލެއް އުފެއްދުމަށް މަސައްކަތް ނުކުރާތީ ކަމަށްބުނެއެވެ.

އަދި އިންޑިއާއިން ބޮއިކޮޓް ކުރީ ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމަކާއެކު ސަރަހައްދީ ގުޅުންތައް ބަދަހި ނުކުރެވޭނެ ކަމަށް ބުނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.