ހައުސިން މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ފަސޭހަ މަގު އެޕްލިކޭޝަން ތަންފީޒުކުރަނީ…

 

ފަސޭހަ މަގު އެޕްލިކޭޝަން” ތަންފީޒު ކުރުމަށް ހައުސިން މިނިސްޓްރީއާއި ފުލުހުން ގުޅިގެން  މަސައްކަތް ކުރިއައް ގެންދިއުމުގައި ދެފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިޝްތިހާރު Below Header ad

ދެފަރާތުން އަދާކުރާނެ ދައުރާއި ގުޅޭގޮތުން ހައުސިންގް މިނިސްޓްރީ އާއި ފުލުހުންނާއި ދެމެދު އެއްބަަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށްފައިމިވަނީ މި މަސައްކަތް ކުރިޔަށް ގެންދާނެ ގޮތަކާމެދުގައި މަސްވަރާތަކެއް ކުރުމަށް ފަހުގައެވެ.

މިއަދު މިކަމަށް ބޭއްވި މިރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އިބްރާހިމްއެވެ. އަދި ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ ޑެޕުއިޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމް ވިދާޅުވީ މި އެޕްލިކޭޝަން އަކީ މިދިޔަ އަހަރު ލޯންޗުކުރި އެޕްލިކޭޝަން ގެ ކޮންޓިނިއުއޭޝަން އެއްކަމަށެވެ.

އެހެންކަމުން މިއަދު މި ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ފުލުހުންނަށް އެބޭފުޅުންގެ ދައުރު ފަސޭހަ މަގު އެޕްލިކޭޝަން މެދުވެރިކޮށް އާންމުންނަށް ހިއްސާކުރެވޭނެ ކަމަށްވެސް މުޙައްމަދު އިބުރާހީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ ސައުދީ ވިދާޅުވީ މި އެޕްލިކޭޝަން ގެ ދަށުން ކުރިއާލައި މަގުތައް ބަންދު ކުރާކަން އެނގިގެންދާނެ ކަމަށާއި ބަންދުކުރާ ސަބަބުވެސް އެނގިގެންދާނެ ކަމަށެވެ.

މިކަމާއި ގުޅިގެން މަގުތައް ބޭނުން ކުރާ ފަރާތް ތަކަށް ވަރަށް ބިޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ސައުދީ ވިދާޅުވިއެވެ.

“ފަސޭހަމަގު އެޕްލިކޭޝަން” ރަސްމީކޮށް ތައާރަފް ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.