ސްޓެލްކޯއަށް 8.9 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސްފި

މާލޭގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށްޓަކައި ސްޓެލްކޯއިން 8.9 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސްފިއެވެ.

ސްޓެލްކޯއިން މައުލޫމަތު ދޭގޮތުގައި އެ ކުންފުނިން މިއަދި ގެނައި 8.9 މެގަވޮޓްގެ އެ ޖަނަރޭޓަރަކީ ފިންލޭންޑްގެ ވަޓްސަލާ ކުންފުނިން ގެނައި ޖަނަރޭޓަރެކެވެ.

އިޝްތިހާރު Below Header ad

ސްޓެލްކޯގެ ސީނިއަރ އިންޖިނިއަރ އިބްރާހީމް ރައޫފް ވިދާޅުވީ މި ޖަނަރޭޓަރު މިރޭގެ ވަގުތެއްގައި ސްޓޭލްކޯގެ ސައިޓަށް ގެންގޮސް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާނެކަމަށާއި މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މި ޖަނަރޭޓަރު ބޭނުންކުރަން ފެށޭނެކަމަށެވެ.

އަދި މީގެއިތުރުން މިޖަނަރޭޓަރު ހިންގަން ފެށުމަށް ބޭނުންވާ ސާމާނުތައް ބެހެއްޓުމުގެ މަސައްކަތް މިހާރުވެސް ފަށައިގެންކުރިއަށްދާކަން ރައޫފް ފާހަގަކުރެއްވިއެވެ.

ރައޫފް ވިދާޅުވީ މިހާރު ކުރިމަތިވެފައިމިވާ ހޫނު މޫސުމުގައި ކަރަންޓް ބޭނުންކުރަމުންގެންދާ މިންވަރު އިތުރުވެފައިވާކަމަށާއި އެހެން ކަމުން މި ޖަނަރޭޓަރުގެ މަސައްކަތް ނިމި ކަރަންޓްދޭން ފެށުމުން މިކަމަށް ހައްލެއްލިބިގެންދާނެކަމަށެވެ.

ސްޓެލްކޯގައި މިހާރު ހުރި 26 ޖަނަރޭޓަރުން ގާތްގަނޑަކަށް 64 މެގަވޮޓްގެ ކަރަންޓް މާލެއަށް ފޯރުކޮށްދެއެވެ. އަލަށް ގެނައި ޖަނަރޭޓަރާއެކު މާލޭގެ ކަރަންޓްގެ ކެޕޭސިޓީ ގާތްގަނޑަކަށް 70 މެގަވޮޓަށް އިތުރުވެގެންދާނެއެވެ.

މާލެއަށް ކަރަންޓުގެ ހިދުމަތް ދޭން ސްޓެލްކޯ އިން 64 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް 26 ޖަނަރޭޓަރު މިހާރުވެސް ބަހައްޓާފައިވާއިރު ކަރަންޓް ބޭނުންކުރާ މިންވަރު މައްޗަށް ދިޔަ ނަމަވެސް އިތުރު ޖަނަރޭޓަރު ބެހެއްޓޭނެ ޖާގަ ނެތުމުން ހުޅުމާލޭގައި ބޮޑު މަޝްރޫއެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.