ނިދާފައި ތިއްބާ މަރުވި ދެމަފިރިންގެ ހަށިގަނޑުން ނެގި ސާމްޕަލްތައް ބޭރަށް ފޮނުވަނީ

މާފަންނު ލައިޓް ސިގުނަލްގެ ފަސް ވަނަ ފަންގިފިލާގެ ކޮޓަރިއެއްގައި ނިދާފައި ތިއްބާ އެކުގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިންގެ ހަށިގަނޑުން ނެގި ސާމްޕަލް ތައް އިތުރަށް ތަހުޤިޤު ކުރުމަށް ރާއްޖޭން ބޭރަށް ފޮނުވަން ނިންމައި އެކަމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

 

އިޝްތިހާރު Below Header ad
މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ބުނީ މ. ލައިޓް ސިގުނަލްގެ ފަސްވަނަ ފަންގިފިލާގެ ކޮޓަރިއެއްގައި މަރުވެފައި ތިއްބާފެނުނު ދެމަފިރިންގެ “ބޮޑީ ސާމްޕަލް” ތަހުލީލަށް ބޭރަށް ފޮނުވަން ނިންމާފައިވާކަމަށާއި އެކަން އެގޮތަށް ކުރަން ނިންމީ ފުލުހުން ކުރަމުންދާ ތަހުގީގަށް ބޭނުންވާ އިތުރު މައުލޫމާތު ފުރިހަމަކުރުމަށް ކަމަށެވެ.
ފުލުހުން އެ ދެމަފިރިންގެ ސާމްޕަލް ރާއްޖޭން ބޭރަށް ފޮނުވަން ނިންމާފައިވާކަން ހާމަކުރި ނަމަވެސް އެ ސާމްޕަލް ފޮނުވާ ވަކި ގައުމެއް އަދި ވަކި ދުވަހެއް ހާމައެއް ނުކުރެއެވެ.
ކޮޓަރިއެއްގައި މަރުވެފައި އޮއްވާ ފެނުނު އެ ދެމަފިރިންގެ ސާމްޕަލް ރާއްޖޭގައިވެސް ވަނީ ޓެސްޓުކޮށްފައިވާއިރު އެ ޓެސްޓުތަކުން އެއްވެސް މައްސަލައެއް ފާހަގަކުރެވިފައެއްނުވެއެވެ.
މ. ލައިޓް ސިގުނަލް ފަސްވަނަ ފަންގިފިލާގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވާ ފެނިފައިވަނީ  ތ. ވިލުފުއްޓަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ ގާސިމް ޝާހިދު އާއި އެނާގެ އަންހެނުން އުމުރުން 38 އަހަރުގެ ރަޒީނާ އިބްރާހިމްއެވެ.

މި ދެމަފިރިން މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ އަށް ވަނަ ދުވަހުގެ ރޭ 10:00 ޖެހި އިރު ނިދަން ވަން ގޮތަށް ހަބަރެއް ނުވެގެން އޭގެ އަނެއް ދުވަހު ހެނދުނު 11:00 ޖަހާއެކާންހާއިރު ކޮޓަރި ހުޅުވައިގެން ބެލިބެލުމުންނެވެ.

 

ގާސިމާއި ރަޒީނާގެ ސާމްޕަލް އާބެހޭ އިތުރު މައުލޫމާތެއް ފުުހުން ހާމަކޮށްފައިނުވާއިރު ފުލުހުން ބުނީ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.