އާބާދީ މަދު ރަށްރަށުގެ ސްކޫލްތަކަށް ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަނީ..

އާބާދީގެ ގޮތުން މިހުން މަދު ރަށްރަށުގެ ސްކޫލްތަކަށް ޓީޗަރުން ތަމްރީނު ޕްރޮގުރާމެއް ހިންގުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން ރާއްޖޭގެ އާބާދީ މަދު ރަށްރަށްރަށުގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކުގައި ވެސް ކިޔަވައިދެއްވާ ޓީޗަރުންނަކީ ޤާބިލް ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ކުރަށްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުންނެވެ.

އިޝްތިހާރު Below Header ad

އެގޮތުން ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުން މަތީ ތަޢުލީމް ހާޞިލްކުރެއްވުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުން މިހާރުވެސް ގިނަ ޕްރޮގްރާމްތަކެއް ދަނީ ހިންގަވަމުންނެވެ.

އެގޮތުން ވޭތުވެދިޔަ އަހަރުގައިވެސް ގިނަ އަދަދެއްގެ ޓީޗަރުން ޑިޕްލޮމާ އަދި ޑިގްރީ ލެވެލްތަކަށް ތަމްރީނު ކުރައްވާފައިވާއިރު ވަކި ވަކި މާއްދާތަކުން ވެސް ޓީޗަރުން ތަމްރީނު ކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ފުރުޞަތު ހުޅުވާލައްވާ ޓީޗަރުން ތަމްރީނު ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

އާބަދީ މަދު ސްކޫލްތަކުގެ ޓީޗަރުން ތަމްރީން ކުރުމަށް ހިންގަން ސަރުކާރުން ނިންމެވި ނިންމެވުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ އާބާދީ މަދު ރަށްރަށުގައި ޓީޗަރުން ލިބުމުގައި ދަތިތަކެއް ދިމާވާކަމަށާއި އެހެންކަމުން ޓީޗަރުންގެ ތަމްރީން ކުރެއްވުމަށް ހުޅުވާލި ފުރުސަތުގެ ތެރެއިން އާބާދީ މަދު ރަށްރަށުން ޓީޗަރުންނަށް އިސްކަންދެއްވައި، ވަކި ވަކި މާއްދާތަކުން މަތީ ތަޢުލީމު ހާޞިލްކުރުމުގެ ފުރުސަތު ދެވިގެންދާނެކަމަށެވެ.

ޝަފީއު ވިދާޅުވީ ކަނޑައެޅިގެން ވަކި ދާއިރާތަކަށް ބަލާއިރު އެފަރާތުން އެންމެ އިސްކަމެއް ދެނީ އެކަމުގެ ތަމްރީނު ލިބިފައި ނެތް ރަށްރަށަށް އިސްކަންދީގެންކަމަށާއި އޭގެ އިތުރުން ބަލަނީ ސާނަވީ މަރުހަލާގެ ބިދޭސީ ޓީޗަރުން ތިބި ދާއިރާތަކަށް ދިވެހި ޓީޗަރުން ތަމްރީނުކުރުމަށް ކަމަށެވެ.

ޝަފީއު އިތުރަށް ވިދާޅުވީ ޓީޗަރުން ތަމްރީނުކުރެއްވުމުގެ މަސައްކަތް ކުރިޔަށްގެންދަވާނީ އެފަރާތްތަކަށް ވީހާވެސް ފަޞޭހަ ގޮތަކަށް ރާވާލައިގެންކަމަށާއި ޓީޗަރުންނަށް ވަގުތު ހުސްކުރެވޭނެ ގޮތަށް ކްލާސްތައް ރޭވުމުގެ ކަންތައްތަކާ ބެހޭ މަޝްވަރާ ޔުނިވަރސިޓީތަކާއެކު ކުރައްވާފައިވާކަމަށެވެ.

އެހެން ކަމުން ސްކޫލްތަކުގެ ޓީޗަރުންނަށް އިތުރަށް ދޭންޖެހޭ ތަމްރީނުތަށް ދިނުމުގެ އެކިއެކި ޕްރޮގްރާމްތަށް އެޑިއުކޭޝަން މިނިސްޓްރީން ހިންގަމުން ގެންދާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.