މަރުވެފައި އޮތް ދެމީހެއްގެ ހަށިގަނޑު މޫދުން ފެނިއްޖެ

މަރުވެފައި އޮތް ދެމީހެއްގެ ހަށިގަނޑު މޫދުން ފެނިއްޖެ ކަމަށް އެޓޯލް ނިއުސްއަށް އިތުބާރު ހުރިގޮތަކަށް މައުލޫމާތު ލިބިއްޖެއެވެ.

އެޓޯލް ނިއުސްއަށް މައުލޫމާތު ލިބުނުގޮތުގައި މިދެމީހުންގެ ހަށިގަނޑު ފެނިފައިވަނީ ޕިކްނިކް ގޮސް އުޅުނު ގްރޫޕަކަށް ކަމަށެވެ.

އިޝްތިހާރު Below Header ad

އޭގެތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވަނީ ތުޅާގިރި ރިސޯޓް ކައިރިން ކަމަށާއި ދެވަނަ މީހާގެ ހަށިގަނޑު ފެނިފައިވަނީ ބަރޮސް ރިސޯޓް ކައިރިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުރަތަމަ މީހާގެ ހަށިގަނޑު ތުޅާގިރި ރިސޯޓް ކައިރިން ކަނޑުމަތިން ފެނުނު ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 7:25 ހާއިރު ކަމަށާއި ދެވަނަ މީހާގެ ހަށިގަނޑު ބަރޮސް ރިސޯޓްގެ ކައިރީގައި އޮންނަ ފިނޮޅަކަށް ލައްގާފައި ވަނިކޮށް ފެނުނު ކަމަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 8:05 ހާއިރު ކަމަށެވެ.

އެގޮތުން މައުލޫމާތު ލިބުމާއި އެކު ދެމީހުންގެ ހަށިގަނޑު ވެސް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން ދިޔަކަމަށާއި ފެނިފައި ވަނީ އަންހެނެއްގެ ހަށިގަނޑު ކަމެއް ނުވަތަ ފިރިހެނެއްގެ ހަށިގަނޑު ކަމެއް އަދި ބުނަން ނޭނގޭ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފެނުނު މިދެމީހުންގެ ހަށިގަނޑު ވެސް މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށާއި އެކަން މިހާރު ތަހުގިގުކުރަމުން ދާކަމަށްވެސް ފުލުހުންގެ މީޑިއާއޮފިޝަލް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.