އޯ ލެވެލް ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

 

2016 ވަނަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާތައް އޮންލައިންކޮށް މިއަދު ހެނދުނު ޑީޕީއިން ދޫކުރަން ފަށައިފިއެވެ.

އިޝްތިހާރު Below Header ad

މިއަދު ހެނދުނު އޮންލައިން ކޮށް އޯލެވެލް އިމްތިހާންގެ  ނަތީޖާތަށް ދޫކުރަން ފަށާފައިވާއިރު ނަތީޖާތައް ދޫކުރަން ފަށާފައިވަނީ މިއަދު 11:30 ހާއިރުއެވެ.

މި ނަތީއްޖާ ދޫކުރަން އޮންލައިންކޮށް ފަށާފައިވާއިރު ނަތީޖާ ސްލިޕްތައް ދޫކުރަން ފަށާނީ މާދަމާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފައެވެ.

ޑީޕީއިން ބުނިގޮތުގައި މި ނަތީޖާ ސްލިޕްތައް މާދަމާއިން ފެށިގެން ދޫކުރަން ފަށާއިރު މި ސްލިޕްތަށް އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް އެ  ޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ދޫކުރާނެކަމަށެވެ.

ޑީޕީއިން މައުލޫމާތު ދޭގޮތުގައި އިމްތިހާންގެ ނަތީޖާތަށް  ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 13:30 އިށް އެ ޑިޕާޓްމަންޓުންނާއި ސެންޓަރުތަކުންކަމަށެވެ.

އޯލެވެލް އިމްތިހާނުގައި މިދިޔަ އަހަރު އަމިއްލަ ގޮތުން ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރަނީ އައިޑީ ކާޑު ގެނައުމުންކަމަށާއި ބަދަލުގައި މީހަކު ފޮނުވާކަމުގައި ވާނަމަ، ކެންޑިޑޭޓްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި،ހަވާލުވާ ފަރާތުގެ ކާޑު ގެންނަންވާނެ ކަމަށް ޑީޕީއިން ވަނީ ބުނެފައެވެ.

އޮންލައިންކޮށް ދޫކުރާ ނަތީޖާ ބަލައިލެވޭނީ ހަމައެކަނި ސްކޫލްތަކުގެ އިސް ވެރިންނަށްކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.