ޔޫ.އެން.އޯ.ޑީ.ސީ ކޮމްޕިއުޓަރ ބޭސްޑް ޓްރެއިނިންގ އޮން ޑްރަގް ލޯ އެންފޯސްމަންޓް ތަމްރީން ޕްރޮގްރާމް ނިމިއްޖެ

ފުލުހުންނަށް ޚާއްސަކޮށްގެން ހިންގި ޔޫ.އެން.އޯ.ޑީ.ސީ ކޮމްޕިއުޓަރ ބޭސްޑް ޓްރެއިނިންގ އޮން ޑްރަގް ލޯ އެންފޯސްމަންޓް ތަމްރީން ޕްރޮގްރާމް ނިމިއްޖެ

ފުލުހުންނަށް ޚާއްސަކޮށްގެން ކަސްޓަމްސް އެކަޑަމީއިން ކުރިއަށް ގެންދިޔަ “ޔުނައިޓަޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) ގެ ކޮމްޕިއުޓަރ ބޭސްޑް ޓްރެއިނިންގ ޕްރޮގްރާމް އޮން ޑްރަގް ލޯ އެންފޯސްމަންޓް” ތަމްރީން ޕްރޮގްރާމްގެ ކިޔެވުން މިއަދު ނިމިއްޖެއެވެ.

އިޝްތިހާރު Below Header ad

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެއިނިންގ އިންސްޓިޓިއުޓާއި ކަސްޓަމްސް އެކަޑެމީ ގުޅިގެން، ފާއިތުވި 2016 ވަނަ އަހަރުގެ އޯގަސްޓް 10 އިން ނޮވެންބަރު 24 އަށް ހިންގުނު ސީބީޓީ ޕްރޮގްރާމު ފުރިހަމަ ކުރެއްވި ފަރާތްތަކަށް ވަނީ މިއަދު ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތެއް ކަސްޓަމްސްގައި ބާއްވާފައިއެވެ.

މި ރަސްމިއްޔާތުގައި ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިސްމާޢީލް ޢަބްދުﷲ އެވެ. ޕޮލިހަށް ހާއްސަކޮށްގެން ހިންގުނު މި ޕްރޮގްރާމް ވަނީ ޖުމްލަ 109 ފުލުހުން ފުރިހަމަ ކޮށްފައެވެ.

ކަސްޓަމްސްގެ ޓްރެއިނިންގ ޑިޕާޓްމަންޓް ކަމުގައިވާ ސެންޓަރ ފޯ ކަސްޓަމްސް އެންޑް އެކްސައިޒް ސްޓަޑީޒްވަނީ ރާއްޖޭގެ ނޭޝަނަލް ސީ.ބީ.ޓީ ސެންޓަރުގެ ގޮތުގައި ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން ހަމަޖައްސަވާފައެވެ. މިއީ މިގޮތުން ދެކުނު އޭޝިއާގައި ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން ޤާއިމުކޮށްފައިވާ މިފަދަ ދެވަނަ ސެންޓަރެވެ.

DSC 0135

ޔޫ.އެން.އޯ.ޑީ.ސީގެ ސީ.ބީ.ޓީ އީ-ލާރނިންގ ޕްރޮގްރާމަކީ ކޮމްޕިއުޓަރ މެދުވެރިކޮށް، އަޑާއި، ވީޑީއޯ އާއި މަންޒަރު އަދި ލިޔުން ހިމެނޭގޮތަށް، އެކޯސް ފުރިހަމަ ކުރަމުންދާ ފަރާތަށް ވަރަށް ފަސޭހަކަމާއެކު އެމަޢުލޫމާތެއް ދެނެގަނެވޭނެގޮތަށް ތައްޔާރުކުރެވިފައިވާ ޕްރޮގްރާމެކެވެ. މިގޮތުން މިޕްރޮގްރާމުގައި ގާތްގަޑަކަށް ޖުމުލަ 110 ގަޑިއިރުން ފުރިހަމަކުރެވޭ 78 މޮޑިއުލް ހިމެނެއެވެ.

މިމޮޑިއުލްތަކުގައި ތަމްރީނުދެވޭ ދާއިރާތަކުގެތެރޭގައި ކަނޑާއި އެއްގަމާއި ވައިގެމަގުން އެތެރެކުރާ މުދަލާއި އެތެރެވާ މީހުން ބަލާ ފާސްކުރުމުގައި ބަލަންވީ ކަންތައްތަކާއި، މިފަދަ ބެލުންތައް ބެލުމުގައި ބޭނުންކުރަންވީ ހުނަރުތަކާއި، މަސްތުވާތަކެތި ދެނެގަންނާނެގޮތްތަކާއި، މަސްތުވާތަކެތި އެތެރެކުރާ މީހުން އަތުލައިގަތުމަށް ޚާއްޞަ އޮޕަރޭޝަންތައް ހިންގާނެގޮތްތަކާއި، ގަވާއިދާ ޚިލާފަށް އިންސާނުން އެއްގައުމުން އަނެއްގައުމަށް އެތެރެކުރުން ދެނެގަންނާނެގޮތްތަކާއި، މަނީ ލައުންޑަރިން އަދި ފައިސާއާއި ގުޅުންހުރި ތަޙްޤީޤްތައް ހިންގާނެގޮތްތައް ފަދަ ތަފާތު ދާއިރާތައް ހިމެނެއެވެ.

DSC 0128

26 ޖެނުއަރީ 2011 އިން ފެށިގެން މެދު ނުކެނޑި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމް މިހާތަނަށް ކަސްޓަމްސް، އެމް.އެން.ޑީ.އެފް، މޯލްޑިވްސް ޕޮލިސް ސަރވިސް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން، އެއަރޕޯޓް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އަދި އެހެނިހެން ގުޅުންހުރި ދާއިރާތަކުން ޖުމުލަ 1000 އަށް ވުރެ ގިނަ ބައިވެރިން ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލްކޮށްފައިވެއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ކަސްޓަމްސް އާއި އެހެނިހެން ތަންފީޒީ އިދާރާތަކުގެ ޤާބިލުކަން އިތުރުވެ ރާއްޖޭގެ ދޮރޯށިތައް ބެލެހެއްޓުމުގައްޔާއި ޤާނޫނުތައް ތަންފީޒުކުރުމުގައި ގުޅިގެން ކުރެވެމުންމިދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.