ފުލުހުންނާއި ސްޓެލްކޯ ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކުށްމަދުކޮށް އާއްމު ރައްޔިތުން ހޭލުންތެރިކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ސްޓެލްކޯ އާދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި  މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ސަރވިސް ޑެވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢުއެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ޝަކޫރު ޞާލިޙްއެވެ.

އިޝްތިހާރު Below Header ad

ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ދެއްކެވި ވާހަކަފުޅުގައި ސްޓެލްކޯ މިފަދަ ކަމަކަމަށް އިސްނަންގަވައި މިފަދަ ފުރުސަތެއް ފުލުހުންނަށް ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ކުށްކުރުން ހުއްޓުވޭނީ ފުލުހުންނާއި ރައްޔިތުން ގުޅިގެންކަން ފާހަގަކުރައްވައި ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބި ރާއްޖޭގެ އެހެން ކުންފުނިތަކުންވެސް ސްޓެލްކޯ ނަމޫނާއަކަށް ބަލައިގެން ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރަމަށް ކުރަމުންދާ މަސައްކަތްތަކުގައި އެހެން ކުންފުނިތަކުގެ އެހީތެރިކަން ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ސެޓްލްކޯގެ މެނޭޖިންގ ޑިރެކްޓަރު ދެއްކެވި ވާހަކަފުޅުގައި ކުށްމަދު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އެކުންފުނީގެ ފަރާތުން ފުލުހުންނަށް އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސްޓެލްކޯއިން ޤާއިމްކުރުމަށް ހަމަޖެހިފައިވާ ލެޑް ޓީވީ ނުވަތަ މާޓީވީ ގައި ކުށްމަދުކޮށް އާއްމު ރައްޔިތުން ހޭލުންތެރިކުރުމަށް ކްލިޕްސްތަކެއް ދެއްކުމަށްވަނީ ވަނީ ހަމަޖެހިފައެވެ.

އަދި ކުށްމަދުކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންގެ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓުން ހިންގާ އެކި ޕްރޮގްރާމްތަކުގައި ސްޓެލްކޯގެ ފަރާތުން އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރވިސް ޑެވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު އާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ޝަކޫރު ޞާލިޙްގެ އިތުރުން ސަރވިސް ޑެވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ޑެޕިއުޓީ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި ޕަބްލިކް އެފެއެރޒް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލް އާއި އެޑިޕާޓްމަންޓްގެ އިސްވެރިންނާއި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރާއި ޗެއަރމަން އާއި ބޯޑު މެމްބަރުންނާއި އިސް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.