މަސްތުވާތަކެއްޗާއެކު ލ.މާވަށުން މީހަކު ހައްޔަރުކޮށްފި

 

މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިއެވެ.

އިޝްތިހާރު Below Header ad

މި މީހާ ހައްޔަރު ކުރީ ފެރީއަކުން މާވަށައް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު ސިއްރު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އުމުރުން 21 އަހަރުގެ މި ފިރިހެންމީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ 17:40 ހާއިރު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކުރުމަށްފަހު އޭނާގެ ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލައި ފާސްކުރިއިރު އޭނާ ލައިގެންހުރި ފަޓްލޫނުގެ ޖީބުތެރެއިން ފެނުނު ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހިތަކެއް ފެނިފައިވާކަމަށެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި މަސްތުވާތަކެތި ކަމަށް  ޝައްކުކުރެވޭ ބާވަތުގެ ތަކެތި އަޅާފައިވާ 19 ސެލޯފިންކޮޅު ވަނީ ފެނިފައެވެ.

މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. މަވަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ލ. މާވަށު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.