ކާޑުގެ ބާވަތްތައް ކުރީގެ އަގަށް ބަދަލު ކުރުމަށް އެމްޕީ ސަލީމް ގޮވާލައްފައިވި

ކާޑުގެ ބާވަތްތައް ކުރީގެ އަގަށް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ގޮވާލައްވައިފިއެވެ.

އޭނާ ވިދާޅުވީ ކާޑުގެ އަގު ބޮޑުކުރަންޖެހުނީ ދައުލަތުގެ ބަޖެޓް ޑެފިސިޓް ބޮޑުވެ، ސަރުކާރުގެ ތެރޭގައި ބޭކާރު ޚަރަދުތައް އިންތިހާއަށް ބޮޑުވުމުން ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ހިންގާ ނޭދެވޭ ކަންތައްތަކުގެ ސަބަބުން ސަރުކާރުގެ ފައިސާ ޚަރަދު ކުރުމުގެ ނިޒާމް ގޯސްވެގެން ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަރ ޖެނެރަލް މިކަންކަން ހަމަޔަކަށް އަޅުވަން ޖެހޭ ކަމަށްވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން ސަލީމް ވިދާޅުވީ ސަރުކާރުން ހިންގާ ނޭދެވޭ ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން ކަމަށާއި ސަރުކާރުން ބޭނުންވާ ހުރިހާ ކަމެއް ކުރަން މެމްބަރުން ދޫ ދެއްވަމުން ގެންދާތީ އެ ހުރިހާ ކަމަކަށް މެމްބަރުން ރައްޔިތުންގެ ކިބައިން މަޢާފަށް އެދެން ޖެހޭކަމަށެވެ.

ކާޑުގެ އަގު ބޮޑުކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާ ކޮށްފައި ކަމަށްވެސް އެމްޕީ ސަލީމް ވަނީ ވިދާޅުވެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.