ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

 

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

އިޝްތިހާރު Below Header ad

ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު މިކަމާގުޅިގެން އިލެކްޝަންސް ކޮމިޝަނުންބުނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށެވެ.

އަދި މި މުއްދަތުގެ ތެރޭގައި ވޯޓާސް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަންނާނީ ހުކުރު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 3:00 އަށްކަމަށާއި އަދި  ހުކުރު ދުވަހު ހަވީރު 3:00 އިން 5:00 އަށް ކަމަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނެވެ.

އަދި އައްޑޫ ސިޓީ އާއި ފުވައްމަލުކު ސިޓީގައި ނަމަ އެ ސިޓީއެއްގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. އަދި މާލޭގައި ނަމަ، ބާ ޖަމާލުއްދީން އިންނެވެ.

ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ހުރިހާ ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.