ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު މުޅި ރާއްޖޭގައި ފަށައިފި

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ދިރާސީ އާއަހަރުގެ ކިޔެވުން މިއަދު ރާށްޖޭގެ ހުރިހާރަށެއްގެ ސްކޫލްތަކުގައި ފެށިގެން ގޮސްފައިވާއިރު ރާއްޖޭގެ 217 ސްކޫލެއްގައި މިއަދު ދިރާސީ އާ އަހަރުގެ ކިޔެވުން ވަނީ ފަށާފައެވެ.

އިޝްތިހާރު Below Header ad

217 ސްކޫލެއްގައި ކިޔެވުން މިއަދު ފެށުނުއިރު މި އަހަރު އެ ސްކޫލްތަކުގައި 78000 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާނެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބެލުމުގެ ދަށުން މިހާރު ހިންގަމުންދާ ޕްރީ ސްކޫލް ތައުލީމްވެސް ހިމެނެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދިޔައިރު މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީގެ އަމާޒަކަށް ވީ ސަރުކާރުގެ ބެލުމުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ 212 ޕްރިސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަކުރައްވާ ކިޔެވުން ފެއްޓުމެވެ.

އެގޮތުން ރާއްޖޭގެ އެކި ސްކޫލްތަކުގައި ކިޔަވައިދެމުން ގެންދެވި ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދާ އެވަޒީފާތަކަށް ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ހަމަޖެއްސުމުގެ މަސައްކަތް އެ މިނިސްޓްރީން ވަނީ ކޮށްފައެވެ.

އެގޮތުން މިއަހަރު މުޅިން އަލަށް ސްކޫލްތަކާއި ގުޅޭ ދިވެހި ޓީޗަރުންނާއި އިންޓަވިއު ކޮށް އެކި މާއްދާތަކަށް ޓީޗަރުން ހޯދުމުގެ މަސައްކަތްތައް އެ މިނިސްޓްރީން ވަނީ ކުރިއަށް މިއަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ގެންގޮސްފައެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މިއަހަރު 7700 ޓީޗަރުން މަސައްކަތް ކުރާއިރު އޭގެ ތެރޭގައި 5700 ޓީޗަރުންނަކީ ދިވެހި ޓީޗަރުންނެވެ.

އަބަދުވެސް އެޑިޔުކޭޝަން މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒަކީ ދިވެހި ޓީޗަރުން ގިނަކޮށް، ބިދޭސީ ޓީޗަރުން ގެނައުން މަދުކުރުން ކަމަށާއި އެއް އަހަރަށްވުރެ، އަނެއް އަހަރަށް ބިދޭސީ ޓީޗަރުން ގެންނަންޖެހޭ ޢަދަދު މަދުވަމުން އައުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒުކަމުގައި އެމިނިސްޓްރީން ހާމަކުރެއެވެ.

އެގޮތުން އެ މިނިސްޓްރީން ބޭނުންވި ލަނޑުދަނޑިއާ ހަމައަށް މިހާރުވަނީ ވާސިލް ވެފައިކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރުގެ ކިޔުވުމާއެކު، ޕްރީ ސްކޫލަށް ބޭނުންވާ ޓީޗަރުންވެސް ހަމަޖެހިފައިވާކަމަށާއި އެކަން ވަރަށް ފުރިހަމައަށް ކުރިޔަށް ގެންދާނެ ނިޒާމެއް އެކުލަވާލާފައިވާކަމަށެވެ.

އޭގެ ތެރޭގައި މި އަހަރުވެސް ގިނަ ކުޅިވަރުގެ ހަރަކަތްތަކެއް ކަމާ ބެހޭ މުއައްސަސާތަކާއި ގުޅިގެން ކުރިއަށްދިއުމަށް ވެސް ހަމަޖެހިފައިވާ ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.