- ﷲ ވޮޑިގެންވާ ތަނާއިމެދު ދަރީންނަށް އުނގަންނައިދިނުން.
- ކަނާއަތުން ކެއުމަށް ދަރީންނަށް އިރުޝާދުދިނުން.
- ހޫނު ކާބޯތަކެއްޗަށް ފުމެނުހެދުމަށް ދަސްކޮށްދިނުން.
- އެއް އަހަރާ ދޮޅު އަހަރާއި ދެމެދު ކައިބޮއެ އުޅޭއިރު ބިސްމި ކިއުމަށް އިރުޝާދުދިނުން.
- އިސްލާމްކަމާއި އީމާންކަމުގެ ރުކުންތަށް ދަރީންނަށް އުނގަންނައިދިނުން.
- ވުޟޫކުރާނޭ ގޮތް ދަރިފުޅަށް ދަސްކޮށްދިނުން.
- ކަނާއަތުން ކެއުމާއި، ތިބާ އާއި ގާތުން ކެއުން.
- ރަނގަޅު ކަންތަކަށް އާދަކުރުވައި، ޢުމުރުން ހަތް އަހަރު ވުމުން ނަމާދުކުރުމަށް ގޮވާލުން.
- ޢުމުރުން ދިހަ އަހަރުވުމުން ދަރީން ނިދާ ތަންމަތި ވަކިކުރުން.
- ރޯދަހިފުމަށް އާދަކުރުވުން.
- ދަރިފުޅަށް ޞައްޙަ ޢަޤީދާ އުނގަންނައިދިނުން.
- ލުޤްމާނުގެފާނުގެ ދަރިކަލުންނަށް އެކަލޭގެފާނު ދެއްވި ނަޞޭޙަތުން ދަރިފުޅަށް ނަޞޭޙަތްދިނުން.
- ގެއަށް ނުވަތަ ކޮޓަރިއަށް ވަނުމުގެ ކުރިން ހުއްދަހޯދުން.
- ދީނުގައި މަނާކުރެވިފައިވާ ކަންކަމުން ދުރުވެ ތިބުމަށްޓަކައި ދަރިންނަށް އެކަންކަން އުނގަންނައިދިނުން.
- ދަރީންނާއި ގުޅުން ހުންނަ އާޔަތްތަކާއި ޙަދީޘްތައް ކުދީންނަށް ބުނެދީ ބަޔާންކޮށްދިނުން.
- ކުދީންގެ ހިތްތައް ﷲ އާއި ގުޅުވުން.
- ޤުރްއާން ހިތުދަސްކުރުމުގެ މުހިންމުކަން ބުނެދިނުން.
- އަޚްލާޤީ ގޮތުން ގޯސް ކުދިންނާއި އެކު އުޅުމަށް ކުދީން ދޫކޮށްނުލުން.
- ހަވީރުގެ ވަގުތު ދަރިފުޅު ބޭރުގައި ނުބެހެއްޓުން.
- އަބަދު ކުޅިވަރުކުޅުމަށް ދަރިފުޅު ދޫކޮށްލައި، އުނގެނުމަކީ ފޫހިކަމެއްކަމަށް ނުހެދުން.
- ހެޔޮލަފާ މީހުންނާއި އެކު ދަރިފުޅު އުޅުވުން.
މައިން ބަފައިންގެ ބައެއް މަސްއޫލިއްޔަތުތައް
