ސައިކަލް ޓެކްސީގެ ޚިދުމަތަށް 70 ޑްރައިވަރުން ހޯދުމަށް އޭޓީއެސް ކުންފުނިން އިއުލާން ކޮށްފި

 

ސައިކަލު ޓެކްސީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ “އަނުއާ ޓްރާންސްޕޯޓް ސާވިސް ޕްރައިވެޓް ލިމިޓަޑް (އޭޓީއެސް) ކުންފުންޏަށް 70 ޑްރައިވަރުން ހޯދުމަށް މިއަދު  އިއުލާންކޮށްފި އެވެ.

އިޝްތިހާރު Below Header ad

އޭޓީއެސް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަމިއްލަ ސައިކަލެއްގައި ނުވަތަ ކުންފުނީގެ ސައިކަލެއްގައި ޓެކްސީގެ ހިދުމަތް ދޭނެ 70 ޑްރައިވަރުން ހޯދަން ބޭނުންވާ ކަމަށެވެ.

އޭޓީއެސް އިން ބުނެފައި ވަނީ އެކުންފުނިން 70 ޑްރައިވަރުން ހޯދަން އިއުލާން ކުރިނަމަވެސް 100 އެއްހާ ޑްރައިވަރުން ބޭނުންވާ ކަމަށެވެ.

އަދި މިހާތަނަށް 43 ފަރާތެއް ސައިކަލު ޓެކްސީގެ ވަޒީފާއަށް ކުރިމަތިލާފައިވާ ކަމަށާއި އޭގެތެރޭގައި ހަތް އަންހެނުން ވެސް ހިމެނޭ ކަމަށެވެ.

އަންނަ ހަފްތާގައި ސައިކަލް ޓެކްސީގެ ޚިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ކުންފުނިތަކުން މިހާރު ދަނީ ވަމުންނެވެ.

އޭޓީއެސްގެ އިތުރުން އިތުރު ކުންފުންޏަކަށް ވެސް ސަރުކާރުން ވަނީ މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމުގެ ހުއްދަ ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.