ޕެންޝަން ސްކީމްގެ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

މޯލްޑިވްސް ރިޓަޔާމެންޓް ޕެންޝަން ސްކީމުން ނަގާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި އެވެ.

މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އަކީ އެ ސްކީމްގެ ބައިވެރިންގެ އަތުން މެނޭޖްމަންޓް މުވައްޒަފުންގެ މުސާރައިން ވަކި ޕަސަންޓެއް ނަގައިގެން ހިންގާ ސްކީމެކެވެ.

އިޝްތިހާރު Below Header ad
މިކަމާ ގުޅިގެން މައުލޫމާތު ދެމުން ޕެންޝަން އޮފީހުން ބުނީ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެމްއާރްޕީއެސް ހިންގަން ސްކީމުގެ ބައިވެރިންގެ އަތުން ނަގާ އެޑްމިނިސްޓްރޭޓިވް ފީ އެއްގެ ގޮތުގައި ޑިސެންބަރު 31، 2014 ގެ ނިޔަލަށް ނަގާފައި ވަނީ ކޮންމެ އަހަރަކު އެބައިވެރިއެއްގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ޖުމްލަ އަދަދުގެ އެއް ޕަސެންޓް ކަމަށެވެ.
އަދި އެ އަދަދު ޖެނުއަރީ 1، 2015 އިން ފެށިގެން 0.9 ޕަސެންޓަށް ކުޑަ ކުރުމަށް ފަހު، މި މަހުން ފެށިގެން 0.8 ޕަސެންޓަށް ކުޑަކުރުމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން އެ ފީއަކީ އަހަރަކު އެއްފަހަރު މުރާޖައާ ކުރަމުން އަންނަ ފީއަކަށް ވާތީ ކުރިއަށް އޮތް ތަނުގައިވެސް ފީއަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި ބަދަލު ގެންނާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެމްއާރްޕީއެސްގެ ބައިވެރިންގެ އަތުން ނަގާ އެ ފީއަކީ ޕެންޝަން އޮފީސް ހިންގުމަށާއި ކަސްޓޯޑިއަންގެ ފީގެ އިތުރުން ސްކީމް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ތަރައްގީ ގެނައުމަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ނަގާ ފީއެކެވެ.

މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކުވެސް ވަކި ޕަސެންޓެއް ސަރުކާރުން ކަނޑަމުންގެންދާއިރު ގިނަ މުވައްޒަފުން ދަނީ މިކަމާއި ނުރުހުންވެސް ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.