ހުޅުމާލޭގައި އަލަށް ހުޅުވާ “ގޭޓްވޭ” ސުކޫލްގެ ދަރިވަރުންނަށް ބެހި ފޮތްތަކެއްގައި ނަޞާރާ ދީނުގެ މައުލޫމާތު !؟

ހުޅުމާލޭގައި މިއަހަރު އަލަށް ހުޅުވާ “ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް” ގެ ދަރިވަރުންނަށް އެސުކޫލުން ދޫކުރި ފޮތްތަކުގައި ނަޞާރާ ދީނުގެ މައުލޫމާތުތަކެއް ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެޓޯލް ނިއުސްއަށް މައުލޫމާތު ލިބުނުގޮތުގައި ނަޞާރާ ދީނުގެ މައުލޫމާތު ހުރީ ގްރޭޑް ތިނެއްގެ ދަރިވަރުންނަށް ބެހި ސޯޝަލް ސްޓަޑީސް ފޮތްތަކުގައެވެ. އެފޮތްތަކުގައި ނަޞާރާ ދީންތަކުގެ މައުލޫމާތު ހުރިއިރު އޭގެ ތެރޭގައި ނަޞާރާ ދީނުގެ މީހުން އަޅުކަންކުރަން ދާ ފައްޅިތަކުގެ ފޮޓޯ އާއި އެތަނާ ގުޅޭ ބައެއް މައުލޫމާތު ވެސް ހުއްޓެވެ.

އިޝްތިހާރު Below Header ad

އެހެން ކަމުން މި މައްސަލަ ފެންމަތި ވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ދަރިވަރުންނަށް ބެހި މި ފޮތްތައް އަނބުރާ ސުކޫލަށް ނެގުމަށް ސުކޫލްގެ މެނޭޖްމަންޓަށް އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިކަމާގުޅިގެން މިއަދު ވިދާޅުވީ ނަޞާރާ ދީނުގެ މައުލޫމާތު ހުރި ފޮތްތައް އަނބުރާ ސްކޫލަށް ނަގައި އިތުރަށް ފޮތްތައް ނުބެހުމަށް ސްކޫލުގެ މެނޭޖްމަންޓަށް މިހާރު އަންގާފައިވާނެ ކަމަށާއި ނަޞާރާ ދީނުގެ މައުލޫމާތު ހިމެނޭ އެފޮތްތަށް ދަރިވަރުންނަށް ދޫކޮށްފައިއެވަނީ

މިނިސްޓްރީން ފޮތްތައް ރިވިއު ނުކުރަނީސް ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސްކޫލަށް އަނބުރާ ފޮތްތަށް ނެގުމަށް ފަހު ދެން އަލުން ފޮތްތަށް ދޫކުރާނީ ވަރަށް ރަނގަޅަށް ރިވިއު ކުރުމަށް ފަހުގައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ދިވެހި ކުންފުންޏަކާއި ގުޅިގެން ހިންގާ

މިސުކޫލް ހިންގުމަށް ހަމަޖެހިފައި ވަނީ ކުރިން ލާލޭ ސުކޫލް ހިންގި އިމާރާތުގައެވެ.

ކްރިސްޓިއަން ދީނާއި ބެހޭ މައުލޫމާތު ހުރި ފޮތްތަކެއް ސުކޫލުން ބެހިއިރު އިސްލާމް ދީން ފިޔަވައި އެހެން ދީނެއްގެ މައުލޫމާތު ހިމެނޭ ފޮތް ފަދަ ތަކެތި ރާއްޖެ އެތެރެ ކުރުމަކީ ކަނޑައެޅިގެން  މަނާ ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.