މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނެކެވެ.

އިޝްތިހާރު Below Header ad

ފުލުހުން މައުލޫމާތުދޭ ގޮތުގައި އުމުރުން 19 އަހަރުގެ މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބާޒާރުމަތީ ބަނދަރުގައި އޮތް ދޯންޏެއްގެ ފާހާނާ ތެރޭގައި، މަސްތުވާތަކެތި ބޭނުންކުރަން ހުރިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މި މަހުގެ އެއްވަނަ ވަނަ ދުވަހުގެރޭ 03:35 ހާއިރުއެވެ.

ފުލުހުން ވިދާޅުވީ އާންމުފަރާތަކުން ލިބުނު މިމައުލޫމާތަކާއި ގުޅިގެން އެތަނަށް ފުލުހުންދިޔައިރު އެދޯނީގެ ފާހާނާ ތެރޭގައި މަސްތުގެ ހާލަތުގައި ހުއްޓާ އެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި މީގެއިތުރުން އޭނާގެ ހަށިގަނޑާއި އެދޯނީގައި އޭނާ ބޭނުންކުރާ ވަތްގަނޑެއް ބަލައިފާސްކުރިކުރުމުގައި އެ ވަތްގަނޑުތެރެއިން ފެނުނު ފޯނު ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އުމުރުން 19 އަހަރުގެ މި ފިރިހެން މީހާއަކީ މީގެ ކުރިންވެސް މިބާވަތުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މި ކަމުގެ ރެކޯޑްސް އޮންނަ މީހެއްކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި މީހުންގެ މުދަލަށް ގެއްލުންދިނުމާއި ވައްކަން ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ބޭނުންކުރުމުގެ ރެކޯޑް މިމިހާގެ އޮވެއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތީގެ ވިޔަފާރި ކުރުމަކީ މިފަހަކަށް އައިސް ރާއްޖޭގައި ވަރަށް އާންމުވެފައިވާ މައްސަލައެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.