ލ. ކައްދޫ އިސްކަންދަރު ވައިގެ މަރުކަޒުގައި ސީއައިޕީ ލޯންޖެއް ހުޅުވައިފި

 

ލ ކައްދޫގައި ގާއިމްކޮށްފައިވާ އިސްކަންދަރު ވައިގެ މަރުކަޒުގައި “ކިނބި ލޯންޖް”ގެ ނަމުގައި ސީއައިޕީ ލޯންޖެއް ހުޅުވައިފި އެވެ.

އިޝްތިހާރު Below Header ad

އެޓޯލް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މޭޖަރ އަހްމަދު ޝަރީފް ވިދާޅުވީ “ކިނބި ލައުންޖް” ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވފައިވަނީ އިއްޔެ ހަވީރު އިސްކަންދަރު ވައިގެ މަރުކަޒުގައި ކަމަށެވެ.

image 0 02 06 0218ec06d646c4c6df110aa67f437629516350963e9cb3290d0a3c54102ca4cc V

ޝަރީފް ވިދާޅުވީ މި ލައުންޖް ހުޅުވުމުގެ ރަސްމިއްޔާތާ އެކީ  ކާގޯ އޮފީހެއް ވެސް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނުކަމަށެވެ.

ޝަރީފް ވިދާޅުވީ މި ދެ ރަސްމިއްޔާތާއެކު ހުޅުވިގެން ދެތަނުންވެސް އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި މިފަދަ އެތަކެއް ޚިދުމަތްތަކެއް އާންމުންނަށް ކުރިޔަށްއޮތް ތަނުގައިވެސް ފަހިވެގެންދާނަކަމަށް އޭނާ ވިދާޅުވިއެވެ.

image 0 02 05 1f05e2da5d37c65340acfc85fa1dbdba1c81b8d6cf86ee7dcfccec548c9b34ff V

ޝަރީފް ވިދާޅުވީ ކާގޯ އިސްކަންދަރު ވައިގެ މަރުކަޒުގައި ކާގޯ އޮފީހެއް ހުޅުވުމުން އެ ސަރަހައްދުގައި ދިއިރުޅުއްވާ ރައްޔިތުންނަށް މިހާރުން ފެށިގެން މޯލްޑިވިއަން އެކްސްޕްރެސް ކާގޯގެ ހިދުމަތް ލިބިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

image 0 02 06 f22dc52e7e72876fcb689845ade7365d8ee168964581cc565f5eec6ad6fbb229 V

އިއްޔެ އިސްކަންދަރު ވައިގެ ބަނދަރުގައި ބޭއްވުނު އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވ އަދި ކާގޯ އޮފީސް ހުޅުވައިދެއްވީ މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ޙާރިޝް އެވެ.

މި ރަސްމިއްޔާތަށްފަހު ސީއައިޕީ ލޯންޖް “ކިނބި ލޯންޖް” ނަމުގައި ހުޅުވިގެންދިޔަ ލޯންޖް އިފްތިތާހްކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.

image 0 02 06 3af58158d26b2a319861737ba774808a6de75b6709a57ad3c62a306a11547f0e V

އިއްޔެ އިސްކަންދަރު ވައިގެ ބަނދަރުގައި ބޭއްވުނު މިރަސްމިއްޔާތުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އެ ސަރަހައްދުގެ ސަރުކާރު އޮފީސްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

image 0 02 05 910bd88affd424592e077801dae61659124e9f7237a0bca731fab9ade222584f V

“ކިނބި ލައުންޖް” އަކީ އިސްކަންދަރު ވައިގެ ބަނދަރަށް ފުރަންއަންނަ ފަސެންޖަރުންނަށް ޚާއްސަކޮށްގެން ހުޅުވުނު ތަނެއްކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.