މާލެ އަތޮޅު ގުރައިދޫގައި މިހާރު ކުރިއަށްދާ ތުއްތޮންބެ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗު މާދަމާ ކުޅޭނެއެވެ.
އެގޮތުން މާދަމާގެ މެޗުގައި ބައްދަލުކުރާނީ އެޗްޕީއެސްއެން އާއި އޯލް އެޓޭކް އެފްސީ އެވެ. އަދި 4 ޖެނުއަރީ ވާ ބުދަ ދުވަހު ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޔޫތް ޔުނައިޓެޑާއި ޗެލެންޖަރސް އެވެ.
ސެމީފައިނަލާއި ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ 15:50ގައެވެ.
ޗެމްޕިއަން ޓީމަށް ދިހަހާސް ރުފިޔާ ދިނުމަށް ނިންމާފައިވާ މި މުބާރާތުގައި މިއަހަރު 6 ޓީމެއް ބައިވެރިވެފައިވާ އިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ޖެނުއަރީ 6 ވާ ހުކުރު ދުވަހުއެވެ.
ތުއްތޮންބެ ކަޕް ސެމީފައިނަލު މާދަމާ..
