ހުޅުމާލޭގައި ގާއިމްކުރާ ފްލެޓުތަކުގައި އަންނަ އަހަރު ކުރީކޮޅު މީހުން ދިރިއުޅެންފަށާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވެއްޖެ.

ހުޅުމާލޭގައި އަޅައި ނިންމާފައިވާ 700 އަށްވުރެ ގިނަ ފުލެޓްތަކުގައި އަންނަ އަަހަރުގެ ކުރީކޮޅު މީހުން ދިރިއުޅެން ފަށާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ހުޅުމާލޭގައި ހަދާ ފުލެޓް ތަކުގެ މަސައްކަތްތައް މިހާރު ވަނީ މުޅިންކަހަލަ ގޮތަކަށް ނިމިފައިކަމަށާއި ނުނިމިހުރީ ހަމައެކަނި ކަރަންޓު ވަޔަރިންގެ މަސައްކަތް ފަދަ ކުދިކުދި މަސައްކަތް ތައްކަމަށެވެ. އެމަސައްކަތް ތައްވެސް މިހާރު ކުރިޔައްގޮސް ނިމުމަކަށް އަންނަކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިޝްތިހާރު Below Header ad

ހުޅުމާލޭ ފުލެޓްތަކަށް  އެދި ފޯމް ހުށަހަޅަން ހުޅުވައިލި ފުރުޞަތުގައި 15،000 އަށްވުރެ ގިނަ މީހުން ފޯމް ހުށައަޅާފައިވެއެވެ.

ސަރުތު ހަމަވާ ހުރިހާ ފަރާތްތަކަށްވެސް ފުލެޓް ލިބޭނެކަމަށް ވެސް މިނިސްޓަރ ވުދާޅުވިއެވެ.

ހުޅުމާލޭގައި އިތުރު 15،000 ފުލެޓް އެޅުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށައިފަވާއިރު  މި ފުލެޓްތަކުގެ  މަސައްކަތްތައް 2018 ވަނަ އަހަރުގެ ނިޔަލަށް ނިމި މީހުންނަށް އެތަންތާ ދިރިއުޅެވޭވަރު ވާނެކަމަށް  ކަމަށް ހައުސިންގ މިނިސްޓަރ  ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގެ އިތުރުން ރާއޖޭގެ އެކި ކަންކޮޅުތަކުގައިވެސް ހައުސިންގ ޔުޓްތައް އެޅުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.