އަންނަ އަހަރު އަށް ރަށެއްގައި 600 ހައުސިން ޔުނިޓު އަޅަނީ…

 

އަންނަ އަހަރު ތެރޭގައި ރާއްޖޭގެ އަށް ރަށެއްގައި 600 ހައުސިން ޔުނިޓު އެޅުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިޝްތިހާރު Below Header ad

މިކަމާ ގުޅިގެން އިތުރަށް މައުލޫމާތު ދެމުން މިނިސްޓަރ ވިދާޅުވީ އަންނަ 2017 ވަނަ އަހަރު އަށް ރަށެއްގައި 600 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަމަކަށާއި އެކަން ކުރުމަށް މިހާރު ރައީސް އޮފީހުން ހައުސިން މިނިސްޓްރީއަށް އަނގާފައިވާ ކަމަށެވެ.

މިނިސްޓަރ ވުދާޅުވީ މިހާރު ކުރިޔަށްދަނީ މި ހައުސިން ޔުނިޓްތަކުގެ މަސައްކަތުގެ އެގްރީމަންޓަތަށް ހެދުމުގެ މަސައްކަތް ކަމަށެވެ.

އެހެންކަމުން މި މަސައްކަތް އަންނަ އަހަރު ތެރޭގައި ބަޔަކާ ހަވާލުކޮށް ފަށާނެ ކަމަށް ވެސް މިނިސްޓަރ މުއިއްޒު ވިދާޅުވި އެވެ.

ހައުސިންގ މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު އަލަށް ފެށުމަށްޓަކައި އޮތް އެންމެ ބޮޑު މަޝްރޫއަކީ މި ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތްކަމަށެވެ.

ހައުސިން ޔުނިޓު އަޅަން ކަނޑައެޅިފައިވާ  ރަށްތައް

ދ. މީދޫގައި 50 ހައުސިން ޔުނިޓު

ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓ

ުޅ. ނައިފަރުގައި 100 ހައުސިން ޔުނިޓ

ުށ. ކޮމަންޑޫގައި 50 ހައުސިން ޔުނިޓ

ުބ. އޭދަފުށި 100 ހައުސިން ޔުނިޓު

ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓު

ރ. މަޑުއްވަރީގައި 50 ހައުސިން ޔުނިޓު

ސ. ފޭދޫގައި 100 ހައުސިން ޔުނިޓު

މިނިސްޓަރު ވިދަޅުވީ މި މަސައްކަތާއެކު އަންނަ އަހަރު ތެރޭގައި މި އަހަރު ފަށާފައިވާ ހުރިހާ މަޝްރޫއެއް އެއްކޮށް ނިންމާލަން މަސައްކަތް ކުރާކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.