ވީއޭއެމްގެ ރައީސްކަމަށް ލަޠީފް ހޮވައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު ލަޠީފް ހޮވައިފިއެވެ.

އޭނާ އެ މަޤާމަށް ހޮވިފައިވަނީ ވޯޓުދިން ހުރިހާ ކްލަބުތަކެއްގެ ފުރިހަމަ ތާއީދާއެކުގައެވެ.

އިޝްތިހާރު Below Header ad

ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި މިރޭ ބޭއްވި، ވޮލީބޯލް އެސޯސިއޭޝަންގެ އިންތިޚާބުގައި އޭނާ ރައީސްކަމުގެ މަޤާމަށް އިންތިޚާބު ކާމިޔާބުކުރީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ލަޠީފް އާއެކު އެ މަޤާމަށް ވާދަކުރީ އިސްމާއިލް ރިފާއު (ޗިޗޫ) އެވެ.

މި އިންތިޚާބު ބާއްވާފައި މިވަނީ މި އަހަރުގެ މާރޗު މަހު ބޭއްވި ވޮލީބޯލް އެސޯސިއޭޝަންގެ އިންތިޚާބުގައި ތިންވަނަ ދައުރަކަށް ކުރީގެ ރައީސް މުހައްމަދު ރިޔާޒް އިންތިޚާބުވެފައި ވަނިކޮށް އެ އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ ސްޕޯޓްސް ކޮމިޝަނުންނާއި ހޯމް މިނިސްޓްރީން އެ އިންތިޚާބު ބާޠިކުކޮށްފައި ވަނިކޮށެވެ.

މިރޭ އިންތިޚާބު ބާއްވާފައިވަނީ ހޯމް މިނިސްޓްރީން އެކުލަވައިލި “އިންތިޚާބާ ބެހޭ ވަގުތީ ކޮމިޓީ” އެއްގެ ބެލުމުގެ ދަށުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.