އަންހެނެއްގެ މޫނަށް ކެމިކަލްޖެހި މައްސަލަ ޢަދާލަތު ޕާޓީން ކުށްވެރި ކޮށްފި

މިކަމާ ގުޅިގެން ޢަދާލަތު ޕާޓީން ނެރުނު ނޫސްބަޔާން…

 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނަންބަރު: AP/PR/2016/25

ނޫސް ބަޔާން

ށ. ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މޫނަށް ކެމިކަލްޖެހި މައްސަލަ ކުށްވެރިކުރުން.

24 ޑިސެމްބަރ 2016 ވަނަ ދުވަހުގެ ފަތިހު، ށ. ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ، ޙަލީމާ އާދަމް މޫނަށް ކެމިކަލްޖެހި މައްސަލަ ޢަދާލަތު ޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

މުޖުތަމަޢުގެ ކޮންމެ ފަރުދަކަށްވެސް އަމާންކަމާއި ރައްކާތެރިކަން ލިބިދޭންޖެހޭ ހިނދު، އަދި ވަކިން ޚާއްސަކޮށް އަންހެނުންނާއި އަންހެން ދަރިންނާމެދު މިފަދަ ދަށުދަރަޖައިގެ ލާއިންސާނީ ޢަމަލުތައް ހިންގުމަކީ އިސްލާމްދީނުގައި ވަރުގަދަޔަށް ނަހީކުރައްވާފައިވާ ކަންކަން ކަމަށްވާހިނދު، މިފަދަ ޢަމަލުތައް ދިވެހި މުޖުތަމަޢުގައި ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމީ އިންތިހާއަށް ކަންބޮޑުވެ ލަދުވެތިވާންޖެހޭ ކަމެކެވެ. އަދި އިންސާނީ ތަރައްޤީއާއި ތަހުޛީބާއި އިޖުތިމާޢީ ޢަދާލަތުގެ ދާއިރާގައި ދިވެހިރާއްޖެ ފަހަތަށް ސޮއްސާލަމުންދާކަމުގެ ނިޝާނެކެވެ.

މުޖުތަމަޢުގެ އެކި ދާއިރާތަކުގައި އެކި ގޮތްގޮތުން އިސްމަޤާމުތަކާއި މައްސޫލިއްޔަތުތައް އަދާކުރައްވާ އަންހެން ބޭކަނބަލުންނަށް އަމާޒުކޮށް މިފަދަ ޢުދުވާންތައް ހިންގަމުން ގެންދިއުމަކީ އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސަތްކަތަށް ކުރިމަތިވާ ނުހަނުބޮޑު ގޮންޖެހުމެއް ކަމުގައިވެސް މި ޕާޓީންދެކެމެވެ. އާޢިލީ މައްސަލަތަކާއި އިޖުތިމާޢީ ކަންކަމާއި އިޤްތިޞާދީ އަދި ސިޔާސީ ދާއިރާގައިވެސް ބިރުވެރިކަން އުފައްދާ، އަނިޔާވެރިކަން އިސްކޮށްގެން ޙައްލުހޯދަން އުޅުމަކީ ޢަދާލަތު ޕާޓީން ބަލައިގަންނަ ކަމެއް ނޫނެވެ. ހަމައެހެންމެ މިހުރިހާ ދާއިރާއެއްގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިނުދެވޭހާ ހިނދަކު ޤައުމު ކުރިއަރާ ތަރައްޤީވެގެން ނުދާނެއެވެ.

އެހެންކަމުން، ށ. ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ، ޙަލީމާ އާދަމްގެ މޫނަށް ކެމިކަލްޖެހި މައްސަލަ އެއްވަނަ ދަރަޖައިގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންގޮސް، މި މައްސަލާގައި ކުށްވެރިވާ ފަރާތްތަކާމެދު ލަސްނުކޮށް ފިޔަވަޅުއެޅުމަށް ކަމާގުޅުންހުރި އެންމެހައި ފަރާތްތަކަށް ގޮވާލަމެވެ. މިފަދަ އަމަލުތައް ތަކުރާރުވަމުން އަންނަހިނދު މިކަންކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު ނޭޅޭނަމަ މިފަދަ ޢަމަލުތައް ނުހުއްޓި އިތުރުވަމުންދާނެއެވެ. ދައުލަތުގެ އެކިފެންވަރުގައި އެކިއެކި މުއައްސަސާތަކާއި މަޤާމުތައް އުފައްދައިގެން މިފަދަ ޖަރީމާތައް ހުއްޓުވުމަށްޓަކައި މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މިފަދަ ޢަމަލުތައް އިތުރުވަމުންދާތީ މިކަންކަމާމެދު އިތުރަށް ވިސްނާ، ލަސްނުކޮށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމުގައިވެސް ޢަދާލަތު ޕާޓީންދެކެމެވެ.

26 ރަބީޢުލްއައްވަލް 1438

25 ޑިސެމްބަރ 2016

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.