ސުވާލު:
ސިޙުރަކީކޮބާ؟
ޖަވާބު:
ޢަރަބި ބަހުގައި ”ސިޙުރު“ އެތަށް ކަމެއްގައި ބޭނުން ކުރެވެއެވެ.
ފުރަތަމަ: އޯގާތެރި ކަމާއި އެކުގައި ކަމެއް ކޮށްދިނުން.
ދެވަނަ: މަކަރާއި ޙީލަތުން، އެއްވެސް ޙަގީގަތެއް ނެތްގޮތުގައި މީސްތަކުންގެ ސިކުނޑި އަށް ވަސްވާސް ވެއްދުން.
ތިންވަނަ: ޝައިޠާނުންގެ އެހީގައި މީހަކަށް ގެއްލުމެއް ދިނުން.
ހަތަރުވަނަ: ތަރިތަކަށް މުޚާޠަބުކޮށް، އެބައިމީހުންގެ ގަބޫލުކުރާ ގޮތުން އެތަކެތީގެ ރޫޙާނިއްޔަތު ފައިބައެވެ.
(عَنْ عَائِشَةَ ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ طُبَّ حَتَّى إِنَّهُ لَيُخَيَّلُ إِلَيْهِ أَنَّهُ قَدْ صَنَعَ شَيْئًا ، وَمَا صَنَعَهُ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެން ވެއެވެ. ”ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށް ސިޙުރު ޖެހުނެވެ. އޭގެ ސަބަބުން އެކަލޭގެފާނު ނުކުރައްވާ ކަމެއްވެސް ކުރެއްވި ކަމެއްގެ ގޮތުގައި އެކަލޭގެފާނަށް ޚިޔާލު ކުރެވެއެވެ.“
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބަދުއްލަޠީފު