ޚަބަރު ފީތާ

ދިރާގުން ހަތަރު އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލަކަށް އޮކްސިޖަން ކޮންސެންޓްރޭޓަރު ހަދިޔާކޮށްފި

ފޮޓޯ: ދިރާގު

އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތައް ތަރައްޤީކޮށް، ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ދިރާގުން އޮކްސިޖަން ކޮންސެންޓްރޭޓަރުތައް ހަދިޔާކޮށްފައިވަނީ އއ. އަތޮޅު ހޮސްޕިޓަލް، އދ. އަތޮޅު ހޮސްޕިޓަލް، ފ. އަތޮޅު ހޮސްޕިޓަލް އަދި ދ. އަތޮޅު ހޮސްޕިޓަލަށެވެ.

ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މި އަހަރުގެ ތެރޭގައިވެސް ވަރަށް ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

އެގޮތުން، ލ. އަދި ބ. އަތޮޅުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާސް ކުރިއެރުވުމަށް ބޭނުންވާ ތަފާތު ވަސީލަތްތައް ހަދިޔާކުރުމާއިވ ފުވައްމުލަކުގައި ޤާއިމުކުރާ ސެޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާހަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.

އަދި މި އަހަރުގެ ޑިސްއެބިލިޓީ އެވޯޑަށްވެސް ދިރާގުން އެހީތެރިކަށް ފޯރު ކޮށްދީފައިވާ އިރު، ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްވެސް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމަށް ކަމަށެވެ.

‎އޮކްސްސިޖަން ކޮންސެންޓްރޭޓަރާއި ހަވާލުވެވަޑައިގަތުމަށް ފަހު، އެ ހޮސްޕިޓަލްތަކުގެ ވެރިން ވަނީ ދިރާގަށް ޝުކުރުއަދާ ކޮށްފައެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް އެ ފަދަ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެ ހޮސްޕިޓަލްތަކުން ބުންޏެވެ.

ދިރާގުން ވަނީ ރާއްޖޭގެ ނުވަ ސަރަހައްދުގައި އޮޕަރޭޝަން ސެންޓަރުތައް ޤާއިމުކޮށް، މުޅި ރާއްޖެ އެކީ ގުޅުވާލައި، އެ އޮޕަރޭޝަން ސެންޓަރުތަކުން ވަރަށް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީފައެވެ.

 

Rate this post