
ފިނޭންސް މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރކަމަށް ޙުސައިން ޝާމް…
ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ނ. ފޮއްދޫ، ޔާގޫތުގޭ، ހުސައިން ޝާމް އާދަމް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ބޭފުޅުން އައްޔަންކުރައްވައިފިއެވެ.
އެ މަޤާމަށް އޭނާ ޢައްޔަން ކުރެއްވުމާއެކު އޭނާއާއެކު އެމިނިސްޓްރީގައި މިހާރު ޑެޕިއުޓީ މިނިސްޓަރުންގެ 3 ބޭފުޅުން ތިއްބަވާނެއެވެ. އަދި ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި ސީނިއަރ ޕޮލިސީ އެގްޒެކްޓިވްގެ މަޤާމުގައިވެސް ބޭފުޅަކު ހުންނަވައެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވެވި ކެމްޕޭނުގައި އިސްކޮށް ފެނިގެން ގޮސްފައިވާ ޝާމް މީގެ ކުރިން ވަނީ ފެނަކަ ކޯޕަރޭޝަންގެ ބޯޑު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.



