ބައިނަލްއަޤްވާމީ ޖެމްބޮރީ އާއި ކޭމްޕްތަކުގައި ދިވެހި ގާލް ގައިޑުން ބައިވެރިވެއްޖެ

ދުނިޔޭގެ އެކި ގާލް ގައިޑް އެސޯސިއޭޝަން ތަކުން ބައިވެރިވާ ބައިނަލްއަޤްވާމީ 4 ޖެމްބޮރީ އާއި ކޭމްޕްތަކުގައި ސަތޭކަ އާއި ގާތްކުރާ އަދަދަކަށް ދިވެހި ގާލްގައިޑުން ބައިވެރިވެއްޖެއެވެ.

ދިވެހި ގާލް ގައިޑް އެސޯސިއޭޝަނުން ގާލް ގައިޑުން ބައިވެރިކޮށްފައިވާ އިވެންޓްތަކަކީ މެލޭޝިޔާގައި އޮތް ‘މެލޭޝިޔާ ގާލް ގައިޑްސް 2016 ސެންޓިނަރީ ކޭމްޕް’ އާއި ތަލެންޑް ގައި އޮތް ‘އެވްރީތިން އިސް ޕޮސިބްލް ޖެމްބޮރީ 2016’ އާއި ހޮންގ ކޮންގ ގައި އޮންނަ ‘ހޮންގ ކޮންގ ގާލް ގައިޑްސް ސެންޓިނަރީ އިންޓަނޭޝަނަލް ކޭމްޕް 2016’ އަދި އިންޑިޔާގައި އޮންނަ ‘ނެޝަނަލް ޖެމްބޮރީ އޮފް ދަ ބާރަތު ސްކައުޓްސް އެންޑް ގައިޑްސް’ ގައެވެ.

އިޝްތިހާރު Below Header ad

އެގޮތުން، 28 ނޮވެމްބަރުން ޑިސެމްބަރު 1 ގެ ނިޔަލަށް މެލޭޝިޔާގައި އޮތް ‘މެލޭޝިޔާ ގާލް ގައިޑްސް 2016 ސެންޓިނަރީ ކޭމްޕް’ ގައި މާލެއާއި އަތޮޅުތެރޭގެ 2 ސްކޫލެއްގެ 10 ދަރިވަރަކު ބައިވެރިވެފައިވާ އިރު، ތަލެންޑް ގައި މި މަހުގެ 14 އިން އިއްޔެގެ ނިޔަލަށް ބޭއްވި ‘އެވްރީތިން އިސް ޕޮސިބްލް ޖެމްބޮރީ 2016’ ގައި މާލެ އާއި އަތޮޅުތެރޭގެ 15 ސްކޫލަކުން 60 ދަރިވަރަކާއި ގާލްގައިޑް އެސޯސިއޭޝަންގެ 5 ގައިޑް ލީޑަރަކު ބައިވެރިވެފައިވެއެވެ.

އަދި ހޮންގ ކޮންގ ގައި މާދަމާއިން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް ކުރިއަށްދާ ‘ހޮންގ ކޮންގ ގާލް ގައިޑްސް ސެންޓިނަރީ އިންޓަނޭޝަނަލް ކޭމްޕް 2016’  ގައި މާލެ އާއި އަތޮޅުތެރޭގެ 6 ސްކޫލަކުން 15 ދަރިވަރުން ބައިވެރިވާ އިރު، އިންޑިޔާގެ މައިސޫރުގައި މި މަހުގެ 29 ން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ށް ކުރިއަށްދާ ‘ނެޝަނަލް ޖެމްބޮރީ އޮފް ދަ ބާރަތު ސްކައުޓްސް އެންޑް ގައިޑްސް’ ގައި މާލެ އާއި އަތޮޅުތެރޭގެ 4 ސްކޫލަކުން 7 ދަރިވަރުން ބައިވެރިވެ އެވެ.

މިފަދަ ބައިނަލްއަޤްވާމީ ފެންވަރުގެ އިތުރު ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވުމުގެ ސަބަބުން ތަފާތު މާހައުލުތަކުގައި އެކި ޘަގާފަތްތަކުގެ ތަފާތު މިޖާޒުގެ ކުދިންނާއި އެކު އެޅެން ދަސްވެ، ކަންކަމަށް ލޯހުޅުވި ތަފާތު އަމަލީ ފިލާވަޅުތައް ލިބިގެންދިޔުންފަދަ އެދެވޭ ފައިދާތައް ދަރިވަރުންނަށް ކުރެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.