އުރީދޫއިން ގަލްފް ކްރާފްޓާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އުރީދޫ އާއި ގަލްފް ކްރާފްޓްގެ ބައިވެރިވުމާއި އެކު ‘އުރީދޫ ލޮކޭޓް’ ޚިދުމަތް ދިނުމުގެ ޕާރޓްނަރޝިޕް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޖީޕީއެސްގެ އެހީގައި އުޅަނދުފަހަރު އުޅޭ ސަރަޙައްދު ވަގުތުން ވަގުތަށް ސްމާޓްފޯނުތަކުން އަދި އިންޓަނެޓް މެދުވެރިކޮށް ކޮންޕިއުޓަރުން ބަލާލެވޭ މި ޚިދުމަތާއިއެކު ގަލްފް ކްރާފްޓްގެ އުޅަނދުފަހަރު ބޭނުންކުރައްވާ ފަރާތްތަކަށް ފުރިހަމަ ޚިދުމަތަކާއިއެކު އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އިޝްތިހާރު Below Header ad

މިއީ މޮބައިލް އެޕް އަދި އިންޓަރނެޓް ޕޯޓަލްގެ އެހީގައި ކަނޑުގެ އުޅަނދުފަހަރު ވާހިސާބު ފަސޭހަކަމާއި ބަލާލެވޭ ޚަރަދުކުޑަ ޚިދުމަތެކެވެ. މިޚިދުމަތުގެ އެހީގައި އުޅަނދުފަހަރުގެ ވެރިންނަށް ބޭނުންވާ މުޙިއްމު ރިޕޯރޓްތައް، އަދި އުޅަނދުގެ ޙަރަކާތްތަކާ ގުޅޭ މެސެޖްތައް ވަގުތުން ވަގުތަށް ލިބިގެންދާނެއެވެ.

“ކަނޑުގެ އުޅަނދުފަހަރު ބޭނުންކުރައްވާ ފަރާތްތައް އެދޭފަދަ ފުރިހަމަ އުފެއްދުންތަކާއެކީ ގަލްފް ކްރާފްޓް ވަނީ ޚިދުމަތް ދިނުމުގައި އާއުސްމިންތަކަކަށް ވާޞިލްވެފައި. އުރީދޫ ލޮކޭޓްގެ ޚިދުމަތާއި އެކީ ގަލްފް ކްރާފްޓްގެ އުފެއްދުން އިތުރަށް ފުރިހަމަވެގެންދާކަމީ އަޅުގަނޑުމެން ނުހަނު އުފާކުރާ ކަމެއް.” އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވިއެވެ.

އުރީދޫ ލޮކޭޓްއަކީ ވަގުތުން ވަގުތަށް މިސްރާބު ދެނެގަނެވި، ދަތުރު ކުރި މިސްރާބުތައް އަންގަައިދޭ ރިޕޯޓުގެ އިތުރުން ބޭނުންވާ ގޮތަކަށް ސެޓްކުރެވޭ ވަކި ސަރަޙައްދުތަކުން ބޭރަށް، މިސާލަކަށް ހާބަރުން ބޭރަށް ދިޔުމުން އެސްއެމްއެސް އެލާޓްސް ލިބޭނެހެން ފަރުމާ ކުރެވޭ ޚިދުމަތެކެވެ. ދޯންޏެއް ނުވަތަ ގިނަ ދޯނިފަހަރުތައް ގެންގުޅޭ އަދި ވަގުތުން ވަގުތަށް ޑެލިވަރީ ޚިދުމަތެއް ދޭ ފަރާތްތަކާއި ނޫނީ މޫދުގެ ކުޅިވަރުތަކަށް ޚާއްސަ ސެންޓަރުތަކުގައި ސްނޯކްލާސް ޓްރެކް ކުރުމުގެ އިތުރުން އެތައް ގިނަގުނަ ޙާލަތްތަކުގައި އުރީދޫ ލޮކޭޓްގެ ޚިދުމަތް ބޭނުންކުރެވިދާނެއެވެ.

“ގަލްފް ކްރާފްޓްއިން އަބަދުވެސް އެންމެ އިސްކަންދޭ ކަމަކީ އުޅަނދުފަހަރު ބޭނުންކުރައްވާ ބޭފުޅުންގެ ރައްކާތެރިކަން. އުރީދޫގެ އެއްބާރުލުމާއި އެކީ މިކަން އިތުރަށް ފުރިހަމަވާނެކަމުގެ ޔަޤީންކަން މިއަދު ލިބިގެން ހިނގައްޖެ. އުރީދޫ ލޮކޭޓްގެ ޚިދުމަތް ގަލްފް ކްރާފްޓްގެ އުޅަނދުފަހަރުގައި ބޭނުންކުރެވެން ފެށުމުން އުޅަނދުފަހަރުގެ ވެރިންނަށް ފަސޭހަކަމާއިއެކީ އުޅަނދު ވާނުވާ ހިސާބު ބަލާލެވި، އިތުރު ތަފްޞީލުތަކާއި އެކީ ފަސިންޖަރުންނާއި އުޅަނދު އޮޕަރޭޓްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއިމެދު އިތުބާރު ބޮޑުވެގެންދާނެ. ގަލްފް ކްރާފްޓްއަކީ ދިވެހިރާއްޖޭގެ މާރކެޓް ލީޑަރގެ އިތުރުން އެންމެ ހެޔޮ އަގެއްގައި ކަނޑުގެ އުޅަނދުފަހަރު އުފައްދާ މާރކެޓް ކުރާ ފަރާތް. އުރީދޫ ލޮކޭޓް އާއެކީ އުޅަނދުފަހަރުގެ ވެރިންނާއި އޮޕަރޭޓަރުން އުޅަނދުފަހަރު މެނޭޖްކޮށް ބެލެހެއްޓުން އިތުރަށް ފުރިހަމަވެގެން ދާނެ.” ގަލްފް ކްރާފްޓްގެ ސީއީއޯ އަރވިން ބޭމްޕް ވިދާޅުވިއެވެ.

އުރީދޫ ލޮކޭޓްގެ ޚިދުމަތްތަކަށް ހަތަރު ޕެކޭޖެއް ވަނީ ތަޢާރަފް ކޮށްފައެވެ. މީގެ ތެރޭގައި ވަކިވަކި ފަރުދުންް ޓްރެކް ކުރުމަށް ޕާސަނަލް ޓްރެކިންގ، ސައިކަލް، ކާރުފަދަ އަމިއްލަ ފަރުދުންގެ އުޅަނދުފަހަރު ޓްރެކް ކުރުމަށް ލައިޓް ވެހިކަލް ޓްރެކިންގ، ބޮޑެތި ދޯނި ފަހަރާއި ޓެކްސީ ސެންޓަރުތަކާއި ފެރީ ބޯޓުތައް އޮޕަރޭޓު ކުރާ ފަރާތްތަކަށް ހާއްސަ ވެސަލް ޓްރެކިންގ، އަދި ރާއްޖޭގެ ކަވަރޭޓް ލިބޭ ސަރަޙައްދުތަކަށްވުރެ ދުރަށް ދަތުރުކުރާ ކާގޯ ބޯޓު، މަސް ދޯނިފަހަރު އަދި ޝިޕިންގ ކޮންޓޭނަރުތައް ވަކިން ޓްރެކް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ސެޓެލައިޓް ޓްރެކިންގ ހިމެނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.