މަޚްލޫފް ރާއްޖެ ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަޙްމަދު މަޚްލޫފް ބޭސްފަރުވާއަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ މަޚްލޫފް ބޭސް ފަރުވާއަށް އިންޑިއާ އަށް ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މަހްލޫފަށް 10 ދުވަހުގެ މުއްދަތެއް ދިނުމުން މަޚްލޫފް އިންޑިއާއަށް ފުރާވަޑައިގެންފައިވަނީ މި ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ.

އިޝްތިހާރު Below Header ad

ހަމުގެ މައްސަލައެއްގައި ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމަށް ފަހު، މަޚްލޫފް ރާއްޖެ ވަޑައިގެން އިރު މަޚްލޫފްގެ ޢާއިލާއާއި އެހެން ބައެއް މީހުން އެއަރޕޯޓަށް ވަނީ ގޮސްފައެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ދެ ދައުވާއެއް ޘާބިތުވެ 10 މަހާއި 24 ދުވަހަށް މަޚްލޫފް ޖަލަށް ލާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. މި ދެ ހުކުމް ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައިވީ ނަމަވެސް މިމައްސަލަތަކުގެ އަޑުއެހުމެއް އަދިނުބާއްވައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.