މާލޭގެ ކުނި މެނޭޖު ކުރުމުގެ ހުރިހާ ކަމެއް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކޮށްފި

މާލޭގެ ކުނި މެނޭޖު ކުރުމުގެ ހުރިހާ ކަމެއް އަލަށް ހިއްކި އިންޑަސްޓްރިއަލް ވިލެޖަށް މިއަދު ބަދަލުކޮށްފިއެވެ.

މާލޭގެ ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުން ޚާއްޞަކޮސްފައިވާ ބިން މިދިޔަ ނޮވެމްބަރ މަހުގެ 29 ގައި އެންވަޔަރުމެންޓް މިނިސްޓްރީއާ ޙަވާލުކޮށްފައިވާ އިރު، އެ ބިމުގައި، ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް، ކުނި ޖަމާކުރާނެ ސެންޓަރެއް ޤާއިމް ކުރަން ވަނީ ނިންމާފައެވެ.

އިޝްތިހާރު Below Header ad

ކުނި ނައްތާލަން ޚާއްޞަކޮށްފައިވާ ބިން ހުޅުވައިދެއްވުމަށް ފަހު، އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މާލޭގެ ދެކުނުން ފަޅުތެރޭގައި ދޯނި ބާއްވައިގެން ކުނި ބަރުކުރުމުގެ މަސައްކަތް ކުރާއިރު، އެ ސަރަހައްދު ހަޑިވުމާއި ނުބައި ވަސް ދުވުމުގެ މައްސަލަ ކުރިމަތިވަމުން އަންނަ ކަމަށެވެ.

މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އެ ދޯނިތަކަށް ކުނި ބަރުކުރުން ހުއްޓާލާފައިވާ ކަމަށާއި އާދައިގެ ގޮތަކަށް އިންޑަސްޓްރިއަލް ވިލެޖުގައި އެ މަސައްކަތް ފެށިޔަސް، ކުރިއަށް އޮތް ތަނުގައި އެ ތަން ވެގެން ދާނީ، އެންމެ މަތީ ފެންވަރުގެ ކުނި ޖަމާކުރާ ސެންޓަރަކަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެ މަސައްކަތް 2018 ގައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށާއި ވެމްކޯ އަށް ހޯދާ އިތުރު ތިން ކޮޅުވެއްޓި ބަނުމުގެ މަސައްކަތް މިހާރު ފަށާފައިވާތީ އެ ތިން އުޅަނދު އަންނަ އަހަރުގެ މޭ މަހު ރާއްޖެ ގެނެސް، ބޭނުންކުރަން ފެށޭނެ ކަމަށެވެ.

ކުނި ނައްތާލަން ތިލަފުށިން ޚާއްޞަކޮށްފައިވާ ބިން ހިއްކާނެ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި އެ ބިމުގައި ކުނި ނައްތާލާ އެންމެ ޒަމާނީ ނިޒާމެއް ޤާއިމްކުރުމަށް ބޭނުންވާ ފައިސާގެ ބައެއް އަންނަ އަހަރަށް ބަޖެޓުކޮށްފައިވާ ކަމަށްވެސް އެންވަޔަރްމެންޓް މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.