ގޭދޮރަށް ޖަހާ ވަޅިއަކުން ނުސިހޭނެ. އަދި ބިރެއްވެސް ނުގަންނާނެ: އެމްޕީ ރިޔާޒު

ގޭދޮރަށް ޖަހާ ވަޅިއަކުން ނުސިހޭނެ ކަމަށާއި އަދި ބިރެއްވެސް ނުގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މެމްބަރ ރިޔާޒު ރަޝީދުގެ އުފަން ރަށް ކަމަށްވާ ކޮޅުމަޑުލު ވިލުފުށީގައި ހުންނަ އޭނާ ދިރިއުޅުއްވާ ގޭގެ ދޮރަށް ރޭގެ ވަގުތެއްގައި ވަޅިއެއް ޖަހާފައިވާ ދަނޑިވަޅެއްގައެވެ.

އިޝްތިހާރު Below Header ad

ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރުކަންވެސް ކުރައްވާ ރިޔާޒު ރަޝީދުގެ ވިލުފުށި، ފެހިފަރުދާ ގެއަކީ ރިޔާޒު ވިލުފުއްޓަށް ވަޑައިގެން އެރަށުގައި ދިރިއުޅުއްވާ އޭނާގެ ޢާއިލީ ގެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގޭގެ ދޮރަށް ވަޅި ޖަހާފައިވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އަދި މިވަގުތު އެ ގޭގައި އެއްވެސް މީހަކު ދިރިއުޅެމުން ނުދާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ރިޔާޒު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ގޭދޮރަށް ޖަހާ ވަޅިއަކުން ނުސިހޭނެ ކަމަށާއި އަދި ބިރެއްވެސް ނުގަންނާނެ ކަމަށެވެ. އަދި މިއީ ވަޅިން ހަމަލާދޭން އުޅުނު ފުރަތަމަ ފަހަރު ނޫން ކަމަށާއި ﷲގެ ރަޙުމަތްފުޅުން ކޮންމެ ފަހަރަކުވެސް ރައްކާތެރިކަން ލިބޭ ކަމަށެވެ.

“ރޭގައި އަޅުގަނޑަށް އެއްފަހަރާ ދެ ހަމަލާ ދޭން އުޅުނު” ރިޔާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރިޔާޒަށް ގުރޫޕަކުން ރޭ ހަމަލާ ދޭން މަސައްކަތް ކޮށްފައިވާ ކަމުގެ އެހެން ބައެއް ހެކިތައްވެސް ފެނިފައިވާ ކަމަށާއި އެގޮތުން ހެންވޭރުގައި ރިޔާޒު ދިރިއުޅުއްވާ ގެ ކައިރިން މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެތި ފެނިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިކަމާއިގުޅިގެން ފުލުހުން ބުނީ ވިލުފުށި ދާއިރާގެ މަޖިލިސް މެންބަރު ރިޔާޒު ރަޝީދުގެ ގެއަށް ހަމަލާދިން މައްސަލައެއް ފުލުހުންނަށް އަދި ހުށަހަޅާފައި ނުވާ ކަމަށެވެ.
ރިޔާޒު ރަޝީދަށް މީގެ ކުރިން އެކި ފަހަރު މަތިން މަރުގެ އިންޒާރުދީ، އަދި ބައެއް ފަހަރު ގުރޫޕްތަކުން އޭނާގެ މުދަލަށް ގެއްލުންވެސް ދީފައިވާ އިރު، ރިޔާޒުގެ ކުންފުނި، މެރީޑިއަމް އޮފީސްވަނީ ފަޅާލާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.