އަގުބޮޑެތި އިނާމުތަކާއެކު ޑެވޮންޑޭލް ފުލްކްރީމް މިލްކް ޕައުޑަރ ޕްރޮމޯޝަން ފަށައިފި

އެސްޓީއޯއިން ބާޒާރަށް ނެރެ ވިއްކަމުންދާ ޑެވޮންޑޭލް ފުލްކްރީމް މިލްކް ޕައުޑަރގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް އެސްޓީއޯ ސުޕަރމާޓް އަދި ރީޖަނަލް އައުޓްލެޓް ތަކުގައި ކުރިޔަށްދާ މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް ފައިސާގެ އިނާމްތަކަކާއެކު ބޮޑެތި އިނާމްތަކެއް ލިބޭނެއެވެ.

އިޝްތިހާރު Below Header ad

އެގޮތުން ފައިސާގެ އިނާމް ތިން ފަރާތަކަށް ލިބޭ އިރު، 1ވަނަ އަށް ހޮވޭފަރާތަކަށް 100،000ރުފިޔާގެ ފައިސާގެ އިނާމް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި 2ވަނަ އަށް ހޮވޭފަރާތަކަށް 50،000ރުފިޔާ، 3 ވަނައަށް ހޮވޭފަރާތަކަށް 25،000ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ނަޞީބުވެރި 25 ފަރާތެއް ހޮވާ އެއްއަހަރު ދުވަހުގެ ޑެވޮންޑޭލް ފުލްކްރީމް މިލްކް ޕައުޑަރ އެފަރާތްތަކަށް ދިނުމަށްވަނީ ނިންމާފައެވެ.

އެސްޓީއޯ އިންބުނީ ޑެވޮންޑޭލްގެ މިލްކް ޕައުޑަރ ޕްރޮމޯޝަން ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށްވެސް ޚާއްޞަ ކޮށްފައިވާ ކަމަށާއި އެގޮތުން ޑެވޮންޑޭލް މިލްކް ޕައުޑަރ ޕެކެޓުގައިވާ ލޯގޯ ކަފައިގެން އެސްޓީއޯ ސުޕަރމާޓް އަދި އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކަށް ގެންނަވާ ކޮންމެ ފަރާތަކަށް ޕްރޮމޯޝަންގެ ކޫޕަން ލިބޭނެ ކަމަށެވެ. އަދި ބައްލަވައި ގަންނަވާ ޑެވޮންޑޭލް މިލްކް ޕައުޑަރ ކޮންމެ ކޭހަކަށް 4 ކޫޕަން ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެސްޓީއޯ އިންބުނީ ޑެވޮންޑޭލް ފުލްކްރީމް މިލްކް ޕައުޑަރ އަކީ ރާއްޖޭގެ މާކެޓުގައި މިވަގުތު ލިބެންހުރި އެންމެ އަގުހެޔޮ މިލްކް ޕައުޑަރ ކަމަށާއި އެގޮތުން 1 ކިލޯ ގެ ޕެކެޓެއް -/98ރުފިޔާއަށް ރީޓެއިލްކޮށް އަދި -/720ރުފިޔާއަށް ހޯލްސޭލްކޮށް ކޭހެއް (8 ޕެކެޓް) އެސްޓީއޯ އިން ލިބެން ހުންނާނެ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.