ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ބާއްވާ ހިތާނީ ކޭމްޕު ފަށައިފި

ޕޮލިސް ފެމިލީ އެސޯސިއޭޝަން (ޕީއެފްއޭ) އިންތިޒާމްކޮށްގެން ފުލުހުންގެ ޢާއިލާތަކަށް އަމާޒްކޮށްގެން ބާއްވާ  ޕީއެފްއޭ ހިތާނީ ކޭމްޕް 2016 ފަށައިގެން ކުރިއަށް އެބަދެއެވެ.

މި ކޭމްޕު ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްދާއިރު މި ހިތާނީ ކޭމްޕުގައި 20 ކުއްޖަކު ހިތާނު ކޮށްފައިވެއެވެ.

އިޝްތިހާރު Below Header ad

ހިތާނީ ކޭމްޕާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ ޗެއަރޕާސަން އިންސްޕެކްޓަރ އޮފް ޕޮލިސް އައިމަނަތު ސުޒީ ވިދާޅުވީ މިކޭޕަކީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުންގެ އާއިލާތަކުގެ ކުޑަކުދިން ހިތާނު ކުރުމުގެ ފުރުސަތު ހޯދައިދީ ފުލުހުންގެ އާއިލާތައް އެއްތަނަކުން ބައްދަލުވެ އާއިލާތަކުގެ މެދުގައި އޮތް ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ ގޮތުން ބާއްވާ ކޭމްޕެއްކަމަށާއި މި ކޭމްޕު ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށެވެ.

މިއީ ޕޮލިސް ފެމިލީ އެސޯސިއޭޝަން އިންތިޒާމްކޮށްގެން ޕީއެފްއޭ ހިތާނީ ކޭމްޕު ބާއްވާ 3 ވަނަ ފަހަރެވެ.

އެޓޯލް ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕޮލލިސް މީޑިއާއިން ބުނެފައިވަނީ 2014 ވަނަ އަހަރު ދެ ބުރަކަށް މި ކޭމްޕުވަނީ ބާއްވާފަކަމަށާއި ފުރަތަމަ ބުރުގައި 20 ކުދިން  އަދި ދެވަނަ ބުރުގައި 35 ކުދިން ޚިތާނަ ކޮށްފައިވާކަމަށެވެ. އަދި 2015 ވަނަ އަހަރު 20 ކުދިން ޚިތާނަ ކޮށްފައިވާކަމަށެވެ.

މި ކޭމްޕު ކުރިއަށް ގެންދިޔުމުގައި ގިނަ ފަރާތްތަކެއް އެހީތެރިކަން ލިބިފައިވާކަމަށް ޕީއެފްއޭއިން މަޢުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.