ޢަންމާންގެ “ރިސާލަތު” 34 ވަނަ ބައްދަލުވުން ނިންމާލައިފި

 

އުރުދުންގެ ޢައްމާންގައި ބޭއްވޭ ” ރިސާލަތު ޢައްމާން ގެ 34 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ 8 (އަށް) ދުވަހުގެ މަހާސިންތާ ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.

އިޝްތިހާރު Below Header ad

 

މިމަހުގެ 11 ވަނަ ދުވަހު ޢަންމާންގައި ފެށިގެން ދިޔަ މި މަހާސިންތާގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އައްޝައިޚް ޢަލީ ޝަރީފާއި އައްޝައިޚް އަޙްމަދު މައުމޫން ޢަބްދުލްޢަޒީޒެވެ. މިއަހަރު ޢަންމާންގައި ކުރިއަށް މިދިޔަ 34 ވަނަ ރިސާލަތު ޢަންމާން މަހާސިންތާގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައި މިވަނީ ދިގު މެދުކެނޑުމަކަށް ފަހުއެވެ. އެންމެ ފަހުން ޢަންމާން ރިސާލަތާއި ބެހޭ މަހާސިންތާއެއްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ 2010 ވަނަ އަހަރުއެވެ.

ޢާންމާން ރިސާލަތަކީ އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ބިން ޙުސައިން2 ގެ ސީދާ ބެއްލެވުމުގެ ދަށުން ޢަރަބި އަދި އިސްލާމީ ޤައުމުތަކުގައި އޮންނަންޖެހޭ ދީނީ އެއްބައިވަންތަކަމާއި ވަސަތިއްޔަތު ދެމެހެއްޓުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީނީ ޢިލްމުވެރިންނާއި ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވަމުންދާ ދާޢީންނަށް އަމާޒޮކޮށްގެން  އިސްލާމްދީނާއި ބެހޭ ސީދާ މަޢުލޫމާތު ފޯރުކޮށްދިނުމަށް 26 ރަމަޟާން 1425 ގައި ރިސާލަތު ޢައްމާން ގެ ނަމުގައި ފެށިގެން ދިޔަ ޙަރަކާތެކެވެ.

މި ޙަރަކާތުގެ ބޭނުމަކީ އިސްލާމްދީނަކީ މެދުމިން ދީނެއްކަން މީސްތަކުންނަށް ބަޔާން ކޮށްދިނުމާއި ދީނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ހައްދަފަހަނަޅައި ދިއުމާއި ޓެރަރިޒަމާއި ބީރައްޓެހި ދީނެއްކަން މީސްތަކުންނަށް ބަޔާންކޮށްދިނުމެވެ.

އުރުދުން ރަސްގެފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވޭ ރިސާލަތު ޢަންމާންގެ 34 ވަނަ ބައްދަލުވުން ފައްޓަވައިދެއްވީ ޢަންމާން ގެ ވުޒާރަތުލް އައުޤާފް ވައްޝުއޫން ވަލް މުޤައްދަސާތުލް އިސްލާމިއްޔާގެ މިނިސްޓަރ ޑރ. ވާއިލް މުޙައްމަދު ޢަރަބިޔާތު އެވެ.

މިއަހަރުގެ ރިސާލަތު ޢަންމާންގައި ޖުމްލަ 20 ޤައުމަކުން 44 ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެ ، ބަންގުލަދޭޝް ، ޕާކިސްތާން ، މެލޭޝިއާ ، ފުރާންސް ، މިސްރު ، ކުރުދިސްތާން، އިރާޤް، އަލްޖަޒާއިރު، ސޫދާން، އިޓަލީ، ލެބެނާން، ފަލަސްތީން، ސަޢުދީ ޢަރަބިއާ، ސާހިލުލްއާޖު، ކޮސޯފާ، ޖަރުމަން، އަލްބާނިއާ، ތޫނިސް، އުރުދުން އެވެ.

މި މަހާސިންތާގައި މުހިންމު މައުޟޫއުތަކަށް މަޝްވަރާ ބައްދަލުވުންތަކާއި މަސައްކަތު ބައްދަލުވުންތައް ބޭއްވުމާއި، ކަމާ ގުޅުން ހުރި މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމާއި ތާރީޚީ ތަންތަނަށް ޒިޔާރަތް ކުރުން އޮތެވެ.

ކުރިއަށް ގެންދެވުނު ސެޝަންތަކުގައި ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމަށް ،ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގައިވެސް ދީނީ ޔުނިޓެއް ޤާއިމު ކުރެވި ރަސްމީ ހުއްދަދެވިފައިވާ ދީނީ ޢިލްމުވެރިޔަކު ހުރުމުގެ މުހިއްމުކަމާއި ބެހޭ ގޮތުންނާއި، ޤައުމީ ސަލަމާތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ދީނީ ޢިލްމުވެރިންގެ ދައުރު ފުޅާކުރުމުގެ މުހިއްމު ކަމާއި، މީޑިއާގެ ތެރޭގައި  ދައުލަތުން  ޢައްޔަން ކުރާ ދީނީ ޢިލްމުވެރިން ތިބުމުގެ މުހިއްމުކަމާއި އެ ބޭފުޅުންގެ ދައުރު ފުޅާކުރުމުގެ މައްޗަށް ވާހަކަދެކެވި މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދެވިފައި ވެއެވެ. އަދި މީގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އޮފީސްތަކާއި ސަކޫލް މަދަރުސާތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މުހިއްމުކަމާއި، ދީނީ ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ ޚިލާފުތައް ކުޑަކުރުމަށް ދީނީ ޢިލްމުވެރިންގެ މަހާސިންތާ  މަދުވެގެން ކޮންމެ އަހަރަކު 2 ފަހަރު ބޭއްވުމުގެ މުހިންމު ކަމާއި އޭގެން ނިކުންނާނެ ނަތީޖާގެ މައްޗަަށް ވެސް ފައިދާ ހުރި މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.

މި މަހާސިންތާގެ ބައިވެރިން ޒިޔާރަތް ކުރި ތަންތަނުގެ ތެރޭގައި ރޯޔަލް ޖޯޑޭނިއަން ނޭޝަނަލް ޑިފެންސް ކޮލެޖާއި، މުއުތާ ހަނގުރާމަ ހިނގި ސަރަޙައްދާއި، އަހުލު ކަހުފްގެ ހޮހޮޅަ ހިމެނެއެވެ. އަދި އުރުދުންގެ ދެކުނު ބޯޑަރލައިން ޢަސްކަރީ ބޭސްއަށާއި  އަލްބަތްރާ އަށް ވެސް ޒިޔާރަތް ކުރުން އޮތެވެ.

މި މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތުގައި މަހާސިންތާގެ ބައިވެރިންނަށް  ސެޓްފިކެޓް ޙަވާލުކުރެއްވީ  އުރުދުންގެ ވަޒީރުލް އައުޤާފް ޑރ. ވާއިލް ޢަރަބިއްޔާތު އެވެ.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދީނީ ސިޔާސަތުގެ ތެރެއިން އިސްލާމީ ގައުމުތަކާއި ދީނީ މަހާސިންތާފަދަ ބޮޑެތި އިސްލާމީ މަހާސިންތާތަކުގައި ދިވެހިރާއްޖެގެ އިލްމުވެރިން ބައިވެރިކޮށް ރައްޔަތުންނަށް ދީނީ މަޢުލޫމާތު އެންމެފުރިހަމައަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.