އެންއައިސީގެ ރައީސްގެ މަޤާމަށް މާނިއު ޢައްޔަންކުރައްވައިފި

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް ގ. އަތަ މާނިއު އައްޔަން ކުރައްވައިފިއެވެ.

އޭނާ އެ މަޤާމަށް ޢައްޔަން ކުރެއްވީ އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ފަރުހާދު ވަކިކިރެއްވުމަށްފަހުއެވެ.

އިޝްތިހާރު Below Header ad

2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އެންއައިސީގެ މެމްބަރުކަމުގެ މަޤާމަށް ފަރުހާދާއި މާނިއު ޢައްޔަންކޮށްފައިވާ އިރު، ރައީސްކަމުގެ މަޤާމުން ފަރުހާދު ވަކިކުރި ނަމަވެސް އެންއައިސީގެ މެމްބަރެއްގެ ގޮތުގައި ހުންނާނެއެވެ.

އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ޤާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާއިޚިލާފު ޢަމަލުތައް ބަލާ ތަޙުޤީޤު ކުރުން ހިމެނެއެވެ.

އަދި އެފަދަ ޢަމަލެއް ކަމަށް ތުހުމަތު ކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއްވެސް ބަލައި ތަޙުޤީޤު ކުރުމަކީ އެ ކޮމިޝަނަށް ލާޒިމު ކަމެކެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.