ދިވެހި ރެޑް ކްރެސެންޓުގެ މައިމަރުކަޒު އެޅުމަށް އިނޯކާ އާޙަވާލުކޮށްފި

މޯލްޑިވިއަން ރެޑް ކްރެސެންޓު ނުވަތަ ދިވެހި ރެޑް ކްރެސެންޓުގެ މައި މަރުކަޒުގެ ޢިމާރާތް އެޅުމަށް އިނޯކާ ކުންފުންފުންޏާ ޙަވާލުކޮށްފިއެވެ.

އިންޓަރނޭޝަނަލް ފެޑްރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ (އައިއެފްއާރުސީ) އިން ދިން އެހީގައި މި ޢިމާރާތް އަޅާނީ ހުޅުމާލޭގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޢިމާރާތުގެ މަސައްކަތް 1 އަހަރު ތެރޭގައި ނިންމަން ޖެހޭ މި ޢިމާރާތުގެ އެއްބަސްވުމުގައި ރެޑް ކްރެސެންޓުގެ ފަރާތުން ސޮއިކުރެއްވީ އަމީން ޢާންމު އައިޝަތު ނޫރާ މުހައްމަދު އެވެ. އިނޯކާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝަމީމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ ރައީސް ޢަލީ ނާޝިދު ވިދާޅުވީ މި ޢިމާރާތުގެ ސަބަބުން އެ ޖަމިއްޔާއިން ދެމުން އަންނަ ޚިދުމަތްތައް މިހާރަށް ވުރެ ފުޅާ ކުރެވި، ހަލުވިވެގެންދާނެ ކަމަށެވެ.

2009 ވަނަ އަހަރު ވުޖޫދަށް އައި ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން އަންނަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ހަރަކާތްތަކެއްގައި ބައިވެރިވަމުންނެވެ. އަދި ޢާންމުންނަށް ދިމާވާ ބޮޑެތި ކަންކަމާ ގުޅިގެން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.