
އެމްއެމްސީގެ ރައީސް ކަމަށް މުއީދު ނައިބު ރައީސްކަމަށް ޢަބީރު…
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްކަމުގެ މަޤާމަށް އަބްދުލް މުއީދު ހަސަން އަދި ނައިބު ރައީސްގެ މަޤާމަށް އަޙްމަދު ޢަބީރު އިސްމާޢީލް ޢައްޔަން ކޮށްފިއެވެ.

ހޯމް މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި އެމްއެމްސީގެ ހަތަރުވަނަ ދައުރުގެ ރައީސަކަށް ވާދަކުރި ހަމައެކި ކެންޑިޑޭޓް މުއީދު، އެ މަގާމަށް އިންތިޚާބުކުރުމަށް 13 ވޯޓު ލިބުނު އިރު، ނުފެންނަ ކަމަށް ދެ މެމްބަރެއްވަނީ ވޯޓުދީފައެވެ. އަދި ނައިބު ރައީސްގެ މަޤާމަށް ޢަބީރު އިންތިޚާބު ކުރުމަށް ނުވަ ވޯޓު ލިބުނު އިރު، ޢަބީރާއި ވާދަކުރި ސަން އޮންލައިންގެ އަޙމަދު މުޖުތަބާ އަށް ލިބުނީ 6 ވޯޓެވެ.

މީޑިއާ ކައުންސިލުގައި 15 މެންބަރުން ހިމެނޭ އިރު، އޭގެތެރޭގައި ހިމެނެނީ މީޑިއާތައް ތަމްސީލް ކުރައްވާ 8 މެމްބަރުންނާއި ޢާންމުން ތަމްސީލްކުރައްވާ 7 މެމްބަރުންނެވެ.



