ޚަބަރު ފީތާ

ދިހަހާސް ރުފިޔާގެ އަގުހުރި ފުޓްބޯޅަ މުބާރާތެއް މާލެއަތޮޅު ގުރައިދޫގައި ފަށައިފި

ޗެމްޕިއަންޓީމަށް ދިހަހާސް ރުފިޔާ ލިބޭ ފުޓްބޯޅަ މުބާރާތެއް މާލެއަތޮޅު ގުރައިދޫގައި ފަށައިފިއެވެ.

ތުއްތޮންބެ ކަޕްގެ ނަމުގައި މިއަދު ފެށި މި މުބާރާތް އަންނަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ އިރު، މި މުބާރާތުގައި 6 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރީ ޗެލެންޖަރސް އާއި އޯލް އެޓޭކަރސް އެވެ. މި މެޗު 0-3 ލަނޑުން ކާމިޔާބުކުރީ އޯލް އެޓޭކަރސް ޓީމެވެ. ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ފުރުޞަތުތައްލިބި ވަނީ ބޭކާރުވެފައެވެ.

މާދަމާ ހަވީރު 16:00 ގައި ބައްދަލުކުރާނީ ނިއު އެލާރޓް އާއި އެޗްއެސްޕީއެން އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗު ޔޫތް މިނިސްޓަރ އިރްތިޝާމް އާދަމް ޝަރަފްވެރިކޮށްދެއްވި އިރު، މި މެޗު ބައްލަވައިލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއުރާގެ މެމްބަރ އާއި ޔޫތް މިނިސްޓްރީގެ އިސްވެރިން ވަޑައިގެންނެވިއެވެ.

Rate this post

ޚިޔާލު 1 on "ދިހަހާސް ރުފިޔާގެ އަގުހުރި ފުޓްބޯޅަ މުބާރާތެއް މާލެއަތޮޅު ގުރައިދޫގައި ފަށައިފި"

  1. އޯލް އެޓޭކް | ޑިސެމްބަރ 22, 2016 at 09:59 |

    ބުރޯ އޯލް އެޓޭކް އެފްސީ ކިޔަނީ ! ނަތީޖާ އަކީ 4-0

Comments are closed.