ރާއްޖެ އައި ދެ ފަތުރުވެރިޔަކު ޒިކާ ވައިރަސްއަށް ޕޮޒިޓިވް

ދިވެހިރާއްޖެ އައި ދެ ފަތުރުވެރިޔަކު ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޤައުމަށް ދިޔައިރު އެމީހުން ޒިކާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މިކަމުގެ މަޢުލޫމާތު ދެއްވުމަށް އެޗްޕީއޭ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސް ޑރ. ޝީޒާ ޢަލީ ވިދާޅުވީ އެމީހުންގެ ގައިގައި ޒިކާ ވައިރަސް ހުރިކަމް ކަށަވަރު ވެފައިވަނީ އެމީހުން ބަލިވެގެން ޑޮކްޓަރަށް ދައްކައި، ޓެސްޓު ކުރުމުން ކަމަށެވެ.

އިޝްތިހާރު Below Header ad

އަދި އެއީ ޢުމުރުން 53 އަހަރުގެ ސްޕެއިންގެ ފަތުރުވެރިއަކާއި ޖަރުމަނުގެ ފަތުރުވެރިއެއް ކަމަށާއި ރާއްޖޭގެ ރިސޯޓުތަކާއި ސަފާރީތަކުގައި އެ ދެ މީހުންވެސް އުޅެ، ޑައިވިންގ އަށްވެސް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެމީހުން އުޅުނު ތަންތަނުގެ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ޑރ. ޝީޒާ ވިދާޅުވީ އެ ދެ ފަތުރުވެރިން ރާއްޖެ އައީ އެކުގައި ނޫން ކަމަށާއި އެތަނުން އެކަކު ޕޮސިޓިވްވީ ފެބްރުއަރީ މަހުގައިކަމަށެވެ. އަދި އަނެކަކު ޕޮޒިޓިވްވީ ޖޫން މަހު ކަމަށެވެ.

އެ ދެ މީހުންގެ މަޢުވެސްލޫމާތު ހެލްތު މިނިސްޓްރީއަށް ޙިއްޞާކޮށްދިނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަމަށާއި އެޖަމިއްޔާއިން އެ މަޢުލޫމާތު ޙިއްޞާކުރީ އިއްޔެއާއި އޭގެ ކުރީ ދުވަހު ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ފުރި ފިންލެންޑު މީހެއްގެ ގައިންވެސް ޒިކާ ވައިރަސް ފެނިފައިވާ ކަމަށާއި އެކަން އިނގުނީ އޭނާ ފުރިތާ ހަ މަސް ދުވަސް ފަހުން ކަމަށެވެ.

ޒިކާ ވައިރަހަށް ޓެސްޓު ކުރުމުގެ އިންތިޒާމް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ހަމަޖެހިފައިވާ އިރު، މިހާތަނަށް ރާއްޖޭގައި ޓެސްޓުކޮށްފައިވާ އެއްވެސް ދިވެއްސެއްގެ ގައިން ޒިކާ ވައިރަސް ފެނިފައި ނުވާކަންވެސް އެ މިނިސްޓްރީން ފާހަގަ ކުރައްވައެވެ.

ޢާންމުގޮތެއްގައި އޒިކާ ވައިރަސް ޖެހިފައި ރަނގަޅުވާ އިރު، އެކަން ޚުދު އެމީހަކަށްވެސް ނޭނގޭނެ ކަމަށާއި ނަމަވެސް ބައެއް ފަހަރު ބޮޑެތި އެކި އަލާމާތްތައް ފެންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ވައިރަހުގެ ޢަލާމާތްތަކުގައި ބައެއް ފަހަރުތަކުގައި ގައިގާ ރިއްސުމާއި ހުން އައުމާއި ދެލޯ ރަތް ވުމާއި ހުޅުތައް ދުޅަވެ ރިއްސާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

ޒިކާ ވައިރަހުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ރައްޔިތުންނަށް ގޮވާލާފައިވާ އިރު، އެގޮތުން ޑެންގީއިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް އަޅައިގެން ޒިކާ ވައިރަސް ފެތުރުން މަދު ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ޒިކާ ވައިރަސް ފެތުރެނީ، ޑެންގޫ އަދި ޗިކުންގުންޔާ ފަދަ ބަލިތައް ފަތުރާ އީޑީޒް މަދިރީގެ ޒަރިއްޔާއިން ކަމަށްވާ އިރު، ރާއްޖޭއާ ގުޅުންހުރި ޒިކާ ވައިރަސްގެ މައްސަލަތަކުގެ ޢަދަދު މިވަނީ ތިނަކަށް އަރާފައެވެ.

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.