ސައިކަލު ޓެކްސީ ކުރަން އަންނަ މަހު ފަށަނީ

 

ސައިކަލު ޓެކްސީގެ ހިދުމަތް އަންނަ މަހުފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފި އެވެ.

އިޝްތިހާރު Below Header ad

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން އިކޮނޮމިކް މިނިސްޓްރީއިން ބުނީ ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް ހަތަރު ކުންފުންޏަކުން ކުރިމަތިލާފައިވާ ކަމަށާއި އަންނަ މަހު އެ ހިދުމަތް ފަށަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީގެ ނެޝަނަލް މެރިޓައިމް ކޮންސަލްޓަންޓް މުހައްމަދު އިމްތިޔާޒު ވިދާޅުވީ ސައިކަލު ޓެކްސީގެ ހިދުމަތް ދޭން ހަތަރު ފަރާތަކުން ހުށަހަޅާފައިވާ ކަމަށާއި މިމަހު 20 ވަނަ ދުވަހު އެޕްލިކޭޝަން ފޯމް ހުށަހަޅަން އެ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގަވައިދުގައިވާ ގޮތުގެ މަތިން ސައިކަލު ޓެކްސީގެ މަސައްކަތްތައް ކުރާނީ ޓްރާންސްޕޯޓް އޮތޯރިޓީއިންކަމަށާއި އެހެންކަމުން ދެން އޮންނާނީ މިހާރު ހުށަހަޅާފައިވާ ހަތަރު ފަރާތުގެ އެޕްލިކޭޝަން ޕްރޮސެސް ކުރުމުގެ މަސައްކަތްކަމަށެވެ.

އަދި ސައިކަލު ޓެކްސީއާ ބެހޭ ހުރިހާ ކަމެއްވެސް ކުރިޔަށް ދާނީ ސައިކަލު ޓެކްސީއާ ބެހޭ ގަވައިދުގެ ތެރެއިން،ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައިކަލު ޓެކްސީގެ ގަވައިދު މިދިޔަ މަހު ގެޒެޓުކޮށްފައިވާނެ ކަމަށާއި އެ ގަވައިދުގައި އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރެވޭ ގިންތިތަކުގެ ތެރެއިން އޭ ވަން ނުވަތަ އޭ ޒީރޯ ގިންތީގެ އުޅަނދަކަށް ޓެކްސީގެ ގޮތުގައި ބޭނުންކުރާ ސައިކަލެއް ވާންޖެހޭ ކަމަށާއި ޓެކްސީ ސެންޓަރާ ސައިކަލުގެ ވެރިފަރާތާ ދެމެދު އެއްބަސްވުމެއް އޮންނަންޖެހޭނެކަމަށްވެސް ގަވަިދުގައި ވާނެކަމަށް އިމްތިއާޒު ވިދާޅުވިއެވެ.

ސައިކަލު ޓެކްސީގެ ހިދުމަތް ދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިމި އަންނަ އަހަރު ޖެނުއަރީ މަހު ސައިކަލްގެ ހިދުމަތް ދޭންފަށާނެ ކަމަށް އިމްތިއާޒް ވަނީ ވިދާޅުވެފައެވެ.

އަދި މިފަހަދަ މުޖުތަމައުއަށް ފައިދާހުރި ކަމެއް ފެށިގެން ދިއުމަކީ ގިނަ ދިވެހިން ބޭނުންވާނެ ގޮތެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.