އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ދިފާއުކުރުމަށްޓަކައި ފަރުދީގޮތުން ކުރެވިދާނެ ގިނަގުނަ ކަންކަން އެބަހުރި: އެޗްއާރްސީއެމް

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބާގައި އެޗްއާރްސީއެމް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުގައި ކަންބޮޑުވާ މިންވަރަށް އިތުރުވެ ތަކުރާރު ވަމުންދާ ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާ އާއި ގަނާކުރުމުގެ މައްސަލަތަކާއި ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކަށް އުނިކަން ލިބޭ ފަދަ ކަންކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ނުލިބުމުގެ މައްސަލަތަކަކީ އެކަމާމެދު ވިސްނާ ފިކުރުކޮށް، އެކަންކަމާ ދެކޮޅަށް ތެދުވެ، އެކަންކަން ޙައްލުކޮށްދިނުމަށް އަނެކާގެ ޙައްޤުގައި ފަރުދީގޮތުންވެސް މަސައްކަތް ކުރެވިދާނެކަންކަން ކަމަށެވެ.

އެހެންކަމުން އަނެކާގެ ޙައްޤުގައި ތެދުވެ، ޢުމުރުން ދުވަސްވީ މީހަކު ޢާންމު ޚިދުމަތްދޭ ތަނެއްގައި ކޮޅަށް ހުންނަންޖެހިއްޖެނަމަ، ތިމާ އިށީންދެއިންނަ ގޮނޑި އެމީހައަށް ދިނުމާއ އަންހެނުންނަށް ފުރައްސާރަކޮށް، ފޮށުމާއި އަނިޔާކުރާތަން ފެނުމުން އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ކުއްޖާ ބެލެހެއްޓުމުގައި އިޙުމާލުވެ، ކާންނުދީ، އެކަހެރިކޮށްފައިވާ ކުއްޖާގެ ވާހަކަ، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަށާއި އަލަށް ޢިމާރަތްކުރާ ޢިމާރާތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ، ޚާއްޞަ އިންތިޒާމެއް ޤާއިމު ކުރެވި، އެތަނަކުން ފޯރުކޮށްދޭ ޚިދުމަތެއްވެސް ޚާއްޞަ އުސޫލެއްގެ ތެރެއިން ހަމަޖެހޭނެ ގޮތްތަކެއް ކަނޑައެޅުމަށްވެސް ވަނީ ގޮވާލާފައެވެ.

ހަމަމިއާއެކު ބިދޭސީ މަސައްކަތްތެރިންގެ ގެއްލެމުންދާ ޙައްޤުތައް ޙިމާޔަތްކޮށްދީ  އިންސާނީ ޙައްޤުތަކަކީ ކޮބައިކަމާއި އެޙައްޤުތައް ރައްކާތެރިކުރާނެ ގޮތްތައް އަޅުގަނޑުމެންގެ ދަރިންނަށް ދަސްކޮށްދިނުމަށާއި އިންސާނީ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުމަށް ހިންގާ ތަމްރީނުތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށްވެސް ވަނީ ގޮވާލާފައެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ، އަނެކާގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް މަސައްކަތްކުރުމަކީ މުޖުތަމަޢުގެ އަމަންއަމާންކަން ޤާއިމުވެއޮތުމަށާއި އެކުވެރި އޯގާތެރިކަމުގެ ރޫޙެއް މުޖްތަމަޢުގައި އާލާކުރުމަށާއި ޙައްޤުތައް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއްކަމަށްވެސް ވަނީ ބުނެފައެވެ.

އަދި މާތްވެގެންވާ އިސްލާމް ދީނުގައި ބާރުއަޅުއްވާފައިވާ ފަދައިން އިންސާނީ ޙައްޤުތައް ބިނާވެގެންވަނީ އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި ރިވެތި އަޚްލާޤާއި މިނިވަންކަމާއި ހަމަހަމަކަމާއި މަތިވެރި ސުލޫކުގެ މައްޗަށް ކަމަށާއި މިކަންތައްތަކަކީ އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގައިވެސް އިތުރަށް ކުރިއަރުވަންޖެހޭ މުހިންމު ސިފަތަކެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.