ޚަބަރު ފީތާ

ޢިމާރާތް ފަރުމާކުރާ ފަރާތްތަކަށް އެނަރޖީ އެފިޝެންސީ އާއި ބެހޭގޮތުން މަސައްކަތު ބައްދަލުވުން ފަށައިފި

ޢިމާރާތް ފަރުމާކުރާ ފަރާތްތަކަށް އެނަރޖީ އެފިޝެންސީ އާ ބެހޭގޮތުން މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅިގެން އިންތިޒާމު ކުރި މި ބައްދަލުވުމުގައި ޢިމާރާތް ކުރުމުގެ ދާއިރާގެ ހަރަކާތްތެރިވާ 41 ފަރާތަކުންވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރިއަށްގެންދާ ދެ މަޝްރޫޢު ކަމަށްވާ ސްޓްރެންތެނިންގ ލޯ ކާރބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢާއި އެޗް.ސީ.އެފް.ސީ ފޭސްއައުޓް މެނޭޖްމަންޓް ޕްލޭން މަޝްރޫޢުގެ އެހީގައި ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

މި މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲހި މަޖީދު ވިދާޅުވީ  މިބޭއްވޭ މަސައްކަތު ބައްދަލުވުމުގެ އިތުރުން ޢިމާރާތްކުރުމުގެ ދާއިރާގެ ބޭފުޅުންނަށް އެނަރޖީ އެފިޝެންސީއާ ގުޅޭ މަސައްކަތު ބައްދަލުވުންތައް ކުރިއަށް އޮތްތަނުގައި ބޭއްވުމަށް ރާވާފައިވާކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުއަކީ މިނިސްޓްރީ އާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

 

 

Rate this post