27 ވަނަ މެރީޑިއަމް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ.
އެގޮތުން ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ ވަންހަ ގަބީލާ، ވެނޯޒިއާ އެސްސީ އަދި ޑީސީ ސްޕޯޓްސް ކުލަބެވެ.
މި މުބާރާތުގައި މިއަހަރު ބައިވެރިވި 4 ޓީމުގެ ތެރެއިން ކެޓީ ނެގްޒަސް ޔުނައިޓެޑެވެ. އެޓީމު މި މުބާރާތުގައި 3 މެޗު ކުޅުނު އިރު ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު ނެގްޒަސް ޔުނައިޓެޑާއި ބައްދަލުކޮށް 2-3 ލަނޑުން ކާމިޔާބުކުރީ ވެނޯޒިއާ އެސްސީއެވެ. ފޯރިގަދަ ބަލާހިތްވާ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑަކީ ނެގްޒަސްގެ ޖާރޒީ ނަމްބަރ 17 ޢަބްދުލް ޢައްލާމް ޔާސިރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އެއަށްފަހު މެޗުގެ ލީޑު ފުޅާކޮށްދިނީ 31 ވަނަ މިނެޓުގައި ޖާރޒީ ނަމްބަރ 30 ޢަލީ ރަޝީދު ޖަހައިދިން ލަނޑުންނެވެ.
އެހެންނަމަވެސް ނެގްޒަސް އިން އިތުރަށް ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން 43 ވަނަ މިނެޓުގައި ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖާރޒީ ނަމްބަރު 11 ޢަލީ ނާޞިރެވެ.
މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނ ހާފުގައިވެސް ނެގްޒަސް އިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން 75 ވަނަ މިނެޓުގައި ޖާރޒީ ނަމްބަރ 9 މުޙައްމަދު މައުސޫމް (މާސޭ) ވަނީ ލަނޑެއް ޖަހާ ނަތީހާ ހަމަހަމަކޮށްފައެވެ.
މި މެޗުގައި ވެނޯޒިއާއަށް 3 ޕޮއިންޓު ކަށަވަރުކޮށްދިން ލަނޑު ޖަހައިދިނީ ޖާރޒީ ނަމްބަރ 27 އަޙްމަދު ޙާފިޒެވެ. އޭނާ މި ލަނޑު ޖަހައިދިނީ 83 ވަނަ މިނެޓުގައެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ވެނޯޒިއާގެ ޖާރޒީ ނަމްބަރ 22 އަޙްމަދު ޙާފިޒެވެ.
މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ ވަންހަ ގަބީލާ އާއި ޑީސީ ސްޕޯޓްސް ކުލަބެވެ. ސެމީފައިނަލުގައި ޓީމުތައް ވާދަކުރަންޖެހޭ ތަރުތީބު ކަނޑައެޅޭނީ މާދަމާގެ މެޗު ނިމުމުންނެވެ.
މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ އެޓޯލްނިއުސް އެވެ.