
ބައްޕަގެ ދިފާޢުގައި ދަރި: ”އަހަންނަށް ބައްޕަ އެނގޭ، އެއީ އެކަހަލަ ސަޚްސިއްޔަތެއްނޫން“ ޔަމީން ޝާހިދު
ޖިންސީ ގޯނާއެއްގެ ތުހުމަތުކޮށް ރޭ ހައްޔަރުކުރި ޝާހިދުގެ ދިފާޢުގައި ޝާހިދުގެ ދަރި ޔަމީން ވިދާޅުވީ ބައްޕަ އެކަހަލަ ކަމެއް ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.
ޔަމީން އިތުރަށް ފާހަގަކުރީ ބައްޕަ ހައްޔަރުކުރި މަންޒަރު ފެނުމަކީ ހިތް ފަޅައިގެންދާ ފަދަ ކަމެއް ކަމަށާއި މިކަމުގައި ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށެވެ. އަދި މިކަމުގައި އިންސާފުވެރިވާންޖެހޭނެ ކަމަށާއި އާއިލާ އޮތީ ބައްޕަޔާޢެކު ސާބިތުކަންމަތީކަމަށެވެ.
މިކަމާގުޅިގެން ޝާހިދު ވެސް ވަނީ އެކްސް ގައި ޕޯސްޓެއް ކޮށްފ ައެވެ. އޭގައި ޝާހިދު ބުނެފައިވަނީ މިއީ ޝަޚްސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ރޭ 9:59 ގައި ހައްޔަރުކުރި އަބްދުﷲ ޝާހިދު ދަނީ 2028 ގައި ރައީސްކަމަށް ވާދަކުރެއްވުމަށް ވަރުގަދައަށް ކެމްޕެއިން ކުރައްވަމުންނެވެ.




