
’ހަޑިމުޑުދާރު ޤައުމުތައް‘ ދެން މިހެން ނުބުނާނަން – ޓަރަމްޕު
’ހަޑިމުޑުދާރު ޤައުމުތައް‘ މިފަދަ ބަސްމަގު ދެން ބޭނުންނުކުރާނެ ކަމަށް ޓްރަމްޕް ވަޢުދުވެއްޖެ ކަމަށް މުޝީރަކު ބުނެއްޖެ އެވެ.
އެމެރިކާގެ އެކި ކަންކޮޅުތަކުގައި ރިޕަބްލިކަން ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކެމްޕޭން ކުރަން ގެންދާ އެމެރިކާގެ ރައީސް ބުނީ ލީބިޔާ، ޔަމަން އަދި ސޯމާލިއާ ފަދަ ޤައުމުތަކުން ހިޖުރަކުރާ މީހުން އެމެރިކާއަށް އަންނަން ބޭނުން ނުވާކަމަށެވެ.
ޢަރަބި ބައެއް ޤައުމުތަކަކީ ’ހަޑިމުޑުދާރު ޤައުމުތަކެއް‘ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ބުނުމާ ގުޅިގެން ޢަރަބި-އެމެރިކާގެ ކަންކަމާ ބެހޭ ގޮތުން އަލަށް އައްޔަންކުރެއްވި މުޝީރު ބުނީ އެފަދަ ބަސްތައް ދެން ބޭނުންނުކުރާނެ ކަމަށް ރައީސް މިހާރު ވަޢުދުވެފައިވާ ކަމަށެވެ.
ޖޯޖިއާގެ ޕެރީގައި ބޭއްވި އެއްވުމެއްގައި ސަޕޯޓަރުންނާ މުޚާޠަބު ކުރަމުން ޓްރަމްޕް ބުނީ ”ލީބިޔާ، ޔަމަން، ހައިޓީ، ސޯމާލިއާ. އަހަރެން އެ ޤައުމުތަކަށް ކީ ނަން ހަނދާން އެބަހުރި ހެއްޔެވެ؟
އެއީ ހަޑިމުޑުދާރު ޤައުމުތަކެވެ.“ މި އެއްވުމަކީ ނޮވެމްބަރު 3 ގައި ބާއްވާ މިޑްޓާމް އިންތިޚާބުގެ ކުރިން ރިޕަބްލިކަން ކެންޑިޑޭޓުންނަށް ތާއީދު އިތުރުކުރުމަށް ބޭއްވި އެއްވުމެކެވެ.
އަދި އެ ޤައުމުތަކަކީ ”ޓެރަރިޒަމް އިންތިހާއަށް ފެތުރިފައިވާ“ ތަންތަން ކަމަށްވެސް އޭނާ އިތުރުކުރި އެވެ.
”އަހަރެމެން އަބަދުވެސް މިފަދަ ހަޑިމުޑުދާރު ޤައުމުތަކުން މީހުން ބަލައިގަންނަން ޖެހެނީ ކީއްވެ ހެއްޔެވެ؟ ނޯވޭ، ސްވިޑަން ފަދަ ޤައުމުތަކުން މީހުން ނުގެނެވެނީ ކީއްވެ ހެއްޔެވެ؟ ޑެންމާކް ފަދަ ޤައުމުތަކުން ނުގެނެވެނީ ކީއްވެ ހެއްޔެވެ؟“
ޓްރަމްޕްގެ މުޝީރު، ޔަމަނަށް އުފަން އާމިރު ޣާލިބް އާދިއްތަ ދުވަހު އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވާ ގޮތުގައި އެ ބަސްތަކާ މެދު އޮތް ނުރުހުމާއި ހިތްހަމަނުޖެހުން ފާޅުކުރުމަށްޓަކައި ”ޓެކްސްޓް މެސެޖެއް މެދުވެރިކޮށް ރައީސާ ގުޅި“ ކަމަށެވެ.
އޭނާ ބުނީ އާދިއްތަ ދުވަހު މިޝިގަންގެ ޕޯޓް ހިއުރަންގައި ބޭއްވި އެއްވުމުގެ ކުރިން ރައީސާ ބައްދަލުކުރައްވައި އޭނާގެ އެދުން ތަކުރާރު ކުރި ކަމަށެވެ.
”ޓްރަމްޕް ވަނީ މަސްރަޙު ގަބޫލުކުރައްވައި އެ މައްސަލައަށް ޙައްލެއް ހޯއްދައިދޭނެ ކަމަށާއި، އެފަދަ ކަމެއް ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދީފަ،“ ޣާލިބް
ޣާލިބް އާންމުކޮށް އިނގިރޭސި ތަރުޖަމާއާ އެކު ޕޯސްޓްތައް ކުރި ނަމަވެސް، މި ފޭސްބުކް ޕޯސްޓް ލިޔެފައިވަނީ ހަމައެކަނި ޢަރަބި ބަހުންނެވެ.
މިޝިގަންގައި ބޭއްވި އެއްވުމުގައި ޓްރަމްޕް ޢަރަބި އަދި މުސްލިމް ޤައުމުތަކަށް ފާޑުކީ ނަމަވެސް އެ ސްޓޭޓްގެ ސެނެޓަށް ވާދަކުރާ ޢަރަބި އަދި މުސްލިމް ޑިމޮކްރެޓިކް ކެންޑިޑޭޓް ޢަބްދުލް އަލް-ސައްޔިދަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
”އަހަރެން މިތަނަށް މިއައީ ޖިހާދީ މުސްލިމް ބްރަދަހުޑްގެ މެންބަރަކު އެމެރިކާގެ ސެނެޓަރަކަށް ވިޔަނުދީ ހިފެހެއްޓުމަށް،“ އެއްވެފައި ތިބި މީހުންނަށް ޓްރަމްޕް ބުންޏެވެ.
އޭނާ އިތުރަށް ބުނީ، ސައްޔިދު ބޭނުންވަނީ ”އަހަރެމެންގެ ޤައުމުގައި އިސްލާމީ ޝަރީޢަތް ހިންގަން“ ކަމަށާއި އޭނާއަށް ދުވަހަކުވެސް އެކަން ކާމިޔާބުވެއްޖެ ނަމަ އެންމެ ފުރަތަމަ ޝަރީޢަތް ކުރަންޖެހޭނީ އޭނާގެ މައްޗަށް ކަމަށެވެ. ”އަހަރެން ހުންނާނީ ހެކިބަސް ދޭން،“ ޓްރަމްޕް
ސައްޔިދާއި މުސްލިމް ބްރަދަހުޑާ ދެމެދު އެއްވެސް ގުޅުމެއް އޮތް ކަމުގެ ހެއްކެއް ނެތެވެ. މުސްލިމް ބްރަދަހުޑަކީ މެދުއިރުމަތީގައި ބޮޑުތަނުން މަނާކުރެވިފައިވާ ފިކުރީ ސިޔާސީ ޕާޓީއެކެވެ.
މިދިޔަ އަހަރު އެމެރިކާގެ ރައީސް ވަނީ އެ ޖަމާއަތުގެ ތިން ގޮތްޕެއް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅުއްވާފަ އެވެ. އެ ޖަމާއަތުގެ މަރުކަޒީ އިދާރާއެއް ނުހުރެ އެވެ.
”މި ބަސްމަގުން އަހަންނަށް ދޭހަވަނީ މިއީ މާޔޫސްވެފައިވާ މީހެއްގެ ބަސްމަގު ކަމަށް،“ ހާވަޑްގެ ކުރީގެ އެކަޑެމިކް ބިޝާރާ ބަހްބަހް.



